މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުގީގަށް އައްޑޫ ހިތަދޫ މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.
ހޯދަނީ އެ އަވަށު ކުދެހިމާގޭ، މުހައްމަދު ޝަރީފު، 50، އެވެ.
ފުލުހުން ބުނީ އޭނަ ހޯދަން އިއުލާންކުރީ ޑްރަގްސް އެންޑް ސަބްސްޓެންސް އެބިއުސް ކޮންޓްރޯލްް އިން ތަހުގީގު ކުރަމުން އަންނަ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަ ނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދު ކުރެވިފައި ނުވާތީ ކަމަށެވެ.
އެހެންވެ އަންނަ މަހުގެ 4 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 އަށް މާލޭގެ ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން ޝަރީފު ހާޒިރުވާން އަންގާފައިވެ އެވެ.