Last Updated: April 20, 11:51
Sunday, April 20, 2025
ޚަބަރު

ދިރާސީ އާ އަހަރު ފަށާނީ އެޕްރީލް 7 ގައި

ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ އޭޕްރީލް 7 ގައި ފަށާ ގޮތަށް އެކަޑެމިކް ކަލަންޑަރު އެކުލަވާލައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން އާންމުކުރި ކަލަންޑަރުގައިވާ ގޮތުން ފުރަތަމަ ޓާމުގެ ޗުއްޓީ ފަށާނީ ޖުލައި 24 ގަ އެވެ. ދެވަނަ ޓާމު ފަށާނީ އޮގަސްޓު 10 ގަ އެވެ.

މި އަހަރުގެ ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގައި ކިޔަވައިދޭނެ ދުވަސްތަކުގެ އަދަދު މަދެވެ. ކުރިން 83 ދުވަސް ކިޔަވައިދޭ ގޮތަށް އޮތް ނަމަވެސް ފަހުން ގެނައި ބަދަލާއެކު ފުރަތަމަ ޓާމުގައި ކިޔަވައިދޭނީ 81 ދުވަ ހުއެވެ. ދެވަނަ ޓާމުގައި ކިޔަވައި ދޭނީ 99 ދުވަހުއެވެ. މިއީ ކުރިން ނެރުނު ކަލަންޑަރުގައި ބުނެފައިވާ ދުވަހަށް ވުރެ ދެ ދުވަހުގެ އިތުރުވުމެކެވެ.

އަދި ދިރާސީ އަހަރުގައު މުޅި ޖުމްލަ ކިޔަވައި ދޭނީ 180 ދުވަހުއެވެ.

ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު 28 އިން ޖެނުއަރީ 27 އަށެވެ.