Last Updated: April 19, 18:47
Saturday, April 19, 2025
ޚަބަރު

ހުއްދަ ނެތި ކާބޯތަކެތި އިޝްތިހާރު ނުކުރެވޭނެ

މައުރަޒެއްގައި ހުރި ދިވެހި އުފެއްދުންތަކެއް ބަޔަކު ބަލަނީ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ ހުއްދަ ނެތި ކާބޯތަކެތި އިޝްތިހާރު ކުރުން މަނާކޮށްފި އެވެ.

އެގޮތަށް ނިންމީ ކާބޯތަކެތި އިޝްތިހާރު ކުރުމާ ބެހޭ ގޮތުން މިދިޔަ ބުރާސްފަތި ދުވަހު އާންމުކުރި ގަވާޢިދުގަ އެވެ. އެ ވާޢިދުގައި ވާ ގޮތުން، ގާނޫނާއި ޤަވާއިދާ ޚިލާފަށް ކާބޯތަކެތި އިޝްތިހާރުކޮށް ފިނަމަ އެ ކުށުގެ ކުޑަބޮޑުމިނަށް ބަލައި ބޮޑު ޖޫރިމަނާއެއް ކުރެވޭނެ އެވެ.

އެގޮތުން ފުރަތަމަ ފަހަރު ކުށްކުރި ނަމަ، 10,000ރ. އިން ޖޫރިމަ ނާކުރުމަށް ކަނޑައަޅާފައިވާ އިރު ދެވަނަ ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ، 100,000ރ. ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ތިން ވަނަ ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ، 300,000ރ. އިން ޖޫރިމަނާ ކުރެވޭނެ އެވެ.

އޭގެ ފަހުން އެކަން ތަކުރާރު ކުރާ ކޮންމެ ފަހަރަކު، 500,000ރ. ރުފިޔާއިން ޖޫރިމަނާ ކުރަން ގަވައިދުގައި ވަނީ ކަނޑައަޅައިފަ އެވެ.