މި އަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޭން ނިންމި މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް މާލެ ސަރަހައްދުގައި މިހާރު ކުރިއަށްދާ އިރު މިހާތަނަށް 15،000 ގޭބިސީއަކަށް މަސްދަޅު ކޭސް ދޫކުރެވިފައިވާ ކަމަށް އިދާރީ ދާއިރާތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާ ޕޯސްޓެއްގައި އޭނަ މިއަދު ވިދާޅުވީ މަސްދަޅު ކޭސް ދޫކުރަން މިހާރު ހަމަޖައްސާފައިވާ އިންތިޒާމުތަކާއެކު ވަރަށް ފަސޭހަކޮށް އެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. ހާއްސަ އެހީތެރިކަން ބޭނުންވާ އާއިލާތަކަށް އިތުރަށް ފަސޭހަ ކުރުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މިހާތަނަށް ޖުމުލަ ފަނަރަ ހާސް ގޭބިސީއަށް (މާލޭ ސަރަހައްދުގައި) މަސްދަޅު ކޭސް ފޯރުކޮށްދެވިއްޖެ. މިހާރު ހަމަޖައްސައިދެވިފައިވާ އިންތިޒާމުތަކާއެކު ވަރަށް ފަސޭހަ ގޮތެއްގައި ކުރިޔަށްދާކަން އުފަލާއެކު ފާހަގަކުރަން.
ރޯދަމަހުގެ ކުރިން މިއޮތް ދުވަސްތަކުގައި، މުޖުތަމައުގައި ޚާއްޞަ…
— Adam Shareef Umar (@Adamshareefz) February 24, 2025
"ރޯދަ މަހުގެ ކުރިން މިއޮތް ދުވަސްތަކުގައި، މުޖުތަމައުގައި ޚާއްޞަ އެހީތެރިކަން ބޭނުންވާ އާއިލާތަކަށް އިތުރަށް ފަސޭހަކޮށް ދިނުމަށް ސަމާލުކަން ދީގެން ކުރިޔަށްގެން ދާނަން،" މިނިސްޓަރު ވިދާޚުވި އެވެ. "ހުރިހާ ގޭބިސީއަކަށް ލިބެންދެން ކުރިޔަށްދާނެކަމުގެ ޔަޤީންކަން އަރުވަން."
މަސްދަޅު ކޭސް ދޫކުރަން އިތުރު ސަރަހައްދުތަކެއް ހަމަޖަައްސައި ދޫކޮށް ޓޯކެން ތަން ހަމަޖެއްސުމުގެ އިންތިޒާމް އޮތީ ހަމަޖައްސައިފަ އެވެ.
ރޯދަ ހަދިޔާގެ ގޮތުގައު ދެނީ 48 ދަޅު ހިމެނޭ 180 ގްރާމްގެ ތެޔޮ މަސްދަޅު ކޭހެވެ.
ރާއްޖޭގެ ވަރަށް ގިނަ ހިސާބުތަކުގައި މަސްދަޅު ކޭސް ބަހައި މިހާރު އޮތީ ނިންމައިފަ އެވެ.