ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށްޓަކައި ޗައިނާގެ ނޫސްވެރިންގެ ޓީމެއް ރާއްޖެ އަތުވެއްޖެ އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީ އާއި ސިންގަޕޫރު އެއާލައިންސް ގުޅިގެން ރާއްޖެ ގެނައި މި ޓީމު ވަނީ މި މަހުގެ 18 އިން 23 އަށް ޕުލްމަން މޯލްޑިވްސް މާމުތާ ރިސޯޓު އަދި ދަ ސްޓޭންޑާޑް ހުރަވަޅި މޯލްޑިވްސްގައި ޗުއްޓީ ހޭދަކޮށްފަ އެވެ.
ޗައިނާގައި ރާއްޖެ އިޝްތިހާރުކޮށް ޕްރޮމޯޓުކުރުމަށް ކުރިއަށްގެންދިޔަ މި ހަރަކާތުގައި، ނޫސްވެރިންގެ ޓީމުން ވަނީ ރާއްޖޭގެ ފަތުރުވެރިކަމާއި ގުޅޭ ތަފާތު އެކި ކަންތައްތައް ތަޖުރިބާކޮށްފަ އެވެ.
މިއީ އެމްއެމްޕީއާރްސީން އިސްނަގައިގެން މިއަހަރު ބޭއްވި މިފަދަ ފުރަތަމަ ފެމިލިއަރައިޒޭޝަން ދަތުރެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ޓޫރިސްޓް އެރައިވަލްސްގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އިއްޔެގެ ނިޔަލަށް 397،891 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. އޭގެ ތެރެއިން 56،461 ފަތުރުވެރިންނަކީ ޗައިނާ އިން ރާއްޖެއަށް އައި ފަތުރުވެރިންނެވެ.