(1) “اَلْحَمْدُ لِلَّـهِ الَّذِيْ أًحْياَناَ بَعْدَ ماَ أمَاتَنَا وَإِلَيْهِ النُّشُوْرُ”
މާނައީ: “އެންމެހާ ޙަމްދު ތަޢުރީފެއް ޙައްޤުވެގެންވަނީ ﷲއަށެވެ. އެކަލާނގެއީ އަޅަމެން މަރުވުމަށްފަހު ދިރުންދެއްވި ރަސްކަލާނގެއެވެ. އަދި (ކައްވަޅުތަކުން) ތެދުވެގެން ދިޔުންވަނީ އެކަލާނގެ ޙަޟްރަތަށެވެ.”
(2) “لاَ إِلٰهَ الاَّ اللهُ وَحْدَهُ لاَ شَرِيْكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ، وَهـُوَ عَلَى كُلِّ شَيْءٍ قَدِيْرٌ. سُبْحَانَ اللهِ، وَالْحَمْدُ لِلَّـه، وَلاَ إِلَهَ إِلاَّ اللهُ، وَاللهُ أَكْبَرُ، وَلاَ حَوْلَ وَلاَ قُوَّةَ إلاَّ بِاللهِ اْلعَلِيِّ الْعَظِيْمِ، رَبِّ اغْفِرْلِيْ”
މާނައީ: “ﷲ މެނުވީ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކުނުވެއެވެ. އެކަލާނގެއީ އެކަލާނގެއަށް އެއްވެސް ޝަރީކަކުނުވާ އެއްކައުވަންތަ ރަސްކަލާނގެއެވެ. އެންމެހާ ވެރިކަމެއްވަނީ އެކަލާނގެއަށެވެ. އަދި އެންމެހައި ޙަމްދު ތަޢުރީފެއްވަނީ އެކަލާނގެއަށެވެ. އަދި އެކަލާނގެއީ ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. ﷲ ހުރިހާ ޢައިބަކުން ހުސްޠާހިރުވެވޮޑިގެންވެއެވެ. އަދި އެންމެހައި ޙަމްދު ތަޢުރީފެއް ލިބިވޮޑިގެންވަނީ ﷲއަށެވެ. އަދި ﷲ މެނުވީ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެންއެއްވެސް އިލާހަކު ނުވެއެވެ. އަދި އެންމެ ބޮޑީ ﷲއެވެ. އަދި ހެޔޮކަމެއް ކުރުމުގެ އެއްވެސް ބާރެއް އަދި ނުބައިކަމަކުން ސަލާމަތްވުމުގެ އެއްވެސްބާރެެއް މަތިވެރި ﷲ ގެ ޙަޟްރަތުން މެނުވީ ނުވެއެވެ. ދެން މިދުޢާކުރާށެވެ. އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާއަށް ފާފަފުއްސަވާނދޭވެ!”
– ރޭގަނޑު ވަގުތެއްގައި ހޭލެވިއްޖެ މީހާ ހޭލެވުނު ވަގުތު މިފަދައިން ކިޔާށެވެ. އޭރުން އޭނާއަށް މާތްﷲ ފާފަ ފުއްސަވާދެއްވާނެއެވެ. ދެން ކޮންމެ ދުޢާއެއް ކުރިޔަސް އޭނާގެ ދުޢާ އިޖާބަ ކޮށްދެއްވާނެއެވެ. ދެން ތެދުވެ ވުޟޫކޮށް ނަމާދުކޮށްފިނަމަ އޭނާގެ ނަމާދު އެކަލާނގެ ޤަބޫލުކުރައްވާނެއެވެ. (رواه البخاري وابن ماخه و اللفظ له وصخحه اللأالباني)
(3) “اَلْحَمْدُ لِلَّـهِ الَّذِيْ عَافَانِيْ فِيْ جَسَدِيْ، وَرَدَّ عَلَيَّ رُوْحِيْ، وَأَذِنَ لِيْ بِذِكْرِهِ”
މާނައީ: “އެންމެހާ ޙަމްދު ތަޢުރީފެއް ޙައްޤުވެގެންވަނީ ﷲއަށެވެ. އެކަލާނގެއީ މި އަޅާގެ ހަށިގަނޑަށް ފުރިހަމަ ޢާފިޔަތުދެއްވައި އަދި މި އަޅާގެ ފުރާނަ އަލުން މި އަޅާއަށް ދެއްވައި އަދި އެކަލާނގެއަށް ޒިކުރު ކުރުމުގެ ހުއްދަ މި އަޅާއަށް ދެއްވި ރަސްކަލާނގެއެވެ.” (رواه الترمذي)
މަސްދަރު: އިލްމު.އެމްވީ