Last Updated: April 1, 23:32
Tuesday, April 1, 2025
ޚަބަރު

ކުރީގެ ޑީއެންސީގެ ތަރި ލަބީބު ނިޔާވެއްޖެ

އަައްޑޫގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުލަބް، ޑީއެންސީގެ އެންމެ މަޝްހޫރު ތަރިންގެ ތެރޭގައި ހިމެނޭ މުހައްމަދު ލަބީބު ނިޔާވެއްޖެ އެވެ.

އޭނަ މިރޭގެ ވަގުތެއްގައި މާލޭގަި ނިޔާވި ބަލިވެ އުޅޭތާ ގިނަ ދުވަސްތަކެއް ފަހުންނެވެ. ފޭދު އަށް އުފަން ލަބީބުމ 76، ނިޔާވީ އައްޑޫ އިކްއެޓޯއަރިއަލް ހޮސްޕިޓަލްގައި ވެސް ދުވަސްތަކެއް ވަންދެން ފަރުވާ ދިނުމަށް ފަހު، މާލެ ގެންގޮސް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށެވެ.

ލަބީބަކީ 70 ގެ ތެރޭގައި މުޅި ރާއްޖެ އަށް ވެސް މަޝްހޫރު ޑީއެންސީން އެންމެ ވިދި އެއް ފުޓްބޯޅަ ތަރި އެވެ. އޭނަ އަކީ 1970 ވަނަ އަހަރުގެ ބޭއްވި ގައުމީ ފުޓްބޯޅަ މުބާރާތުގައި ނުވަ ގޯލް ޖަހައި އެ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ވެސް ކުޅުންތެރިޔާ އެއެވެ.

އައްޑޫން އުފެދުނު އެންމެ ފާހަގަކޮށްލެވުނު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ލަބީބަކީ އަބަދު ވެސް އައްޑޫގައި ބާއްވާ އެކިއެކި ފުޓްބޯޅަ މުބާރާތްތަކުގައި ވެސް ހާއްސަ މެހުމާނެއްގެ ގޮތުގައި ފެންނަ، މީހުންނާ ވަރަށް ގުޅޭ އެކުވެރި، މަޑުމައިތިރި މިޒާޖެއްގެ މީހެކެވެ.

"އައްޑޫ ލައިިވް" އިން 2022 ގައި "ގެއްލުނު ހާޒިރީ" ގެ ނަމުގައި ޕްރޮފައިލްތަކުގެ ތެރޭގައި ހިމެނޭ އެކަކީ ވެސް ލަބީބެވެ. އައިސީ ސިލްސިލާކޮށް ގެނެސްދިން ލަބީބުގެ ޕްރޮފައިލްގެ ސުރުހީ އަކީ މިއެވެ؛ ގެއްލުނު ހާޒިރީ: ލަބީބަކީ ފުޓްބޯޅައިގެ ވިދާލި ނަމެއް https://www.addulive.com/280536