ފަނޑުވުމެއް ނެތް މަޝްހޫރު ސިޓްކޮމް "ފްރެންޑްސް" ގައި މުހިއްމު ރޯލެއް ކުޅުނު އަދި މީގެ ދެ އަހަރެއްހާ ދުވަސް ކުރިން މަރުވި ހޮލީވުޑްގެ ތަރި، މެތިއު ޕެރީއާ ޑޮކިއުމަންޓަރީއެއް ސްޓްރީމިން އަށް މިއަދު ދޫކޮށްލައިފި އެވެ.
ޕީކޮކުން ޕްރީމިއަކުރި ޑޮކިއުމަންޓަރީގެ ނަމަކީ "މެތިއު ޕެތީ. އަ ހޮލީވުޑް ޓްރެޖެޑީ" އެވެ. މީގައި މެތިއުގެ ކުއްލި މަރާއި އެ މަރާ ގުޅިގެން އުފެދުނު އެތައް ސުވާލުތަކާއި އޭނަގެ ކެރިއަރުގެ ބައެެއް އުސްއަލިތައް ވެސް ކިޔައި ދޭނެ އެވެ. މެތިއު ،54، މަރުވެފައި އޮއްވާ ފެނުނީ އޭނަ ލޮސް އެންޖަލިސްގައި ދިރިއުޅެމުން ގެންދިޔަ ގޭގެ ހޮޓް ޓަބްގެ ތެރެއިން އޮކްޓޯބަރު 28، 2023 ގަ އެވެ.
އެ މަރާ ގުޅިގެން ގިނަ ބަޔަކަށް ބޮޑު ސިހުމެއް ގެނުވި އިރު، މަރުގައި ޝައްކުވާ ކަހަލަ ކަންކަން ހިނގާފައިވާ ކަމަށް ތުހުމަތު ކުރެވި، ފަސް މީހަކު ހައްޔަރުކޮށް ދައުވާ ވެސް ކޮށްފައިވެ އެވެ.
ދިހަ ސީޒަނަކަށް ޖުމްލަ 237 އެޕިސޯޑަށް ގެނެސްދިން "ފްރެންޑްސް" ގައި މެތިއު ކުޅުނީ ޝޭންޑްލާ ބިންގްގެ ރޯލެވެ. އޭނަ ބައެއް ފިލްމުތައް ވެސް ކުޅެފައިވެ އެވެ. އޭނަ އެންމެ ފަހުން ކުޅުނު ފިލްމަކީ 2015 ގެ "މިސެރީ ލަވްސް ކޮމެޑީ" އެވެ.