Last Updated: April 20, 06:46
Sunday, April 20, 2025
ޚަބަރު

ހުޅުދޫގައި ނަމާދު ވޯކްޝޮޕެއް ބާއްވަނީ

ކުރިއަށް އޮތް ރޯދަ މަހު އައްޑޫ ހުޅުދޫގައި ނަމާދު ވޯކްޝޮޕެއް ބާއްވަން ނިންމައި ބައިވެރިވާން ހުޅުވާލައިފި އެވެ.

ހުޅުދޫ އަވަށު އޮފީހުން އިންތިޒާމުކުރާ މި ވޯކްޝޮޕް ހާއްސަކޮށްފައި ވަނީ 13-18 އަހަރާ ދެމެދުގެ ފިރިހެން ކުދިންނަށެވެ. ނަމާދު ވޯކްޝޮޕްގައި ބައިވެރިވާން އެދޭ އެ އުމުރުފުރާގެ ކުދިން ރަޖިސްޓްރީވުމުގެ ފުރުސަތު މި މަހުގެ 28 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެެވެ.

ރަޖިސްޓްރީވާން ޖެހެނީ އަވަށު އޮފީހުގެ މި ނަމްބަރަށް 7789046 ވައިބާކޮށްގެންނެވެ.

ނަމާދު ވޯކްޝޮޕް ބާއްވަން ހަމަޖެހިފައި ވަނީ އަންނަމ މަހުގެ 1 އިން 31 އަށް ހުޅުދޫ މަސްޖިދުލް ޢަބްދުﷲ ބިން އިބްރާހީމް މިސްކިތުގަ އެވެ.