ދ. އަތޮޅުގެ މީހުންގެ ޕިކްނިކް އައިލޭންޑެއްގެ ގޮތުގައި އެ އަތޮޅު އުއްދޫ ކަނޑައަޅުއްވައި، އެ ރަށަށް ދަތުރު ދިއުމަށް ހުޅުވާލާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މީދޫ ރައްޔިތުންނާ އެކު ރޭ ބޭއްވި ބައްދަލުވުމުގައި އެ މަނިކުފާނު ވިދާޅުވީ އުއްދު އަކީ މީގެ ކުރިން އަމިއްލަ ފަރާތަކުން ވިޔަފާރީގެ އުސޫލުން ދަނޑުވެރިކަމަށް ބޭނުން ކުރުމަށް ފަހު، އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ސަރުކާރަށް އަނބުރާ ލިބިފައިވާ ރަށެއް ކަމަށެވެ. އަދި އެ ރަށް މިހާރު ހަވާލުކޮށްފައި އޮތީ ލޯކަލް ގަވަރުމަންޓް މިނިސްޓްރީ އަށް ކަމަށްވާތީ އުއްދު އަށް ދަތުރު ދިއުމުގެ ކަންކަން އެ މިނިސްޓްރީ ތެރެއިން ފަހިވެގެން ދާނެ ކަމަށް ވިދާޅުވި އެވެ.
"މިކަމާ ގުޅުން ހުރި ތަފުސީލްތައް އެ މިނިސްޓްރީން ކުރިއަށް އޮތް ދުވަސްތަކުގައި އިއުލާން ކުރާނެ." ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު މިހާރު ގެންދަނީ ދ. އަތޮޅުގެ ރަށްތަކަށް ޒިޔާރަތް ކުރައްވަމުންނެވެ.