Last Updated: April 20, 06:46
Sunday, April 20, 2025
ޚަބަރު

ކާރެއް ފުރޮޅާލައިފި

ހުޅުމާލޭގައި ބާރު ސްޕީޑުގައި ދުއްވި ކާރެއް ފުރޮޅާލައިފި އެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގީ ރޭ 10:30 ހާއިރު ފިތުރޯނުމަގުން ހުޅުމާލެ ދެވަނަ ފިޔަވައްސަށް ދިޔުމުގެ މަގުމަތީގައި ކޮންޓުރޯލު ނުވެގެން ކަމަށެވެ. ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށާއި ކާރު ފިޔަވައި އެހެން އިތުރު ވެހިކަލަކަށް ވެސް ގެއްލުން ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް މިކަމާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ފުލުހުން ނުދެ އެވެ.

ހުޅުމާލޭގައި މި ފަހަކަށް އައިސް މި މަގުމަތީގެ މިފަދަ ނުރައްކާތެރި ހާދިސާތައް ހިނގުން ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ.