ސިއްޙީ ކުއްލި ހާލަތްތަކުގައި އަމަލު ކުރާނެ ގޮތުގެ ދެ ގައިޑލައިނެއް ނެރެފި އެވެ.
އެ ގައިޑްލައިންތައް ނެރެދެއްވީ މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރު އަބުދުﷲ ނާޒިމާއި ދުނިޔޭގެ ޞިއްހަތު ޖަމިއްޔާގެ ރެޕްރެޒެންޓޭޓިވް މިސް. ޕޭޑެން އެވެ.
މި ދެ ގަޢިޑްލައިނަކީ އިމަޖެންސީ މެޑިކަލް ސާވިސަސް ޕްރޮޓޮކޯލް އަދި މާސް ކެޝުއަލްޓީ މެނޭޖްމަންޓް ގައިޑްލައިނެވެ.
މި ގައިޑް ލައިންގައި ރާއްޖޭގައި ކުއްލި ހާލަތުގައި ފަރުވާދޭން ޖެހޭ އިމަޖެންސީ ހާލަތެއް އަތުވެއްޖެ ނަމަ އަމަލު ކުރާނެ ގޮތުގެ ފުރިހަމަ މައުލުމާތު ހިމެނޭނޭ އެވެ. އޭގެ ތެރޭގައި ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކާއި ޞިއްޙީ ހިދުމަތެރިން އަމަލުކުރާނެ ގޮތުގެ މައުލޫމާތު ހިމެނެ އެވެ.
މިނިސްޓަރު ވިދާޅުވީ ޞިއްޙީ ދާއިރާ ހަރުދަނާ ކުރުމަށް ނިޒާމުތައް ހަރުދަނާ ނުކޮށް ރަނގަޅު ނަތީޖާއެއް ނުހޯދޭނެ ކަމަށާއި ހަރުދަނާ ނިޒާމެއް ޤާއިމްވެފައިވާ ނަމަ ކުރަން ޖެހޭ ޚަރަދު ކުޑަވެ، ރައްޔިތުންނަށް ބޭނުންވާ ފައިދާ ހޯދައި ދެވޭނެ ކަމަށެވެ.
ޞިއްޙަތަށް ކުރާ އަސަރުތައް ބެލެހެއްޓުމަށްޓަކައި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ޕްލޭން (އެންއީއޯޕީ) އާއި ހެލްތު އިމަޖެންސީ އޮޕަރޭޝަނަލް ޕްލޭން (އެޗްއީއޯޕީ) ތަޢާރަފުކުރުވިފައިވީ ނަމަވެސް، މާސް ކެޝުއަލްޓީ އިންސިޑެންޓް (އެމްސީއައި) ތަކަށް ރޭވިފައިވާ ޕްލޭނެއް ނެތެވެ.
އެހެންވެ މި ގައިޑްލައިންތަކުން އެމްސީއައިތަކަށް ޚިދުމަތް ދިނުމަށް ފުރިހަމަ ޢަމަލީ ޕްލޭނެއް ޤާއިމުކުރެވިގެންދާ ނެއެވެ. އަދި ގައިޑްލައިންތައް ތަންފީޒު ކުރުމުން އިޖާބަ ރަނގަޅުވެ، ފުރާނަތައް ސަލާމަތްކުރެވި، އަދި ގެއްލުން ކުޑަކުރެވޭނެ އެވެ.