Last Updated: April 20, 20:39
Sunday, April 20, 2025
ޚަބަރު

ޕާސްޕޯޓްގެ ހިދުމަތް ށ. އަތޮޅަށް

ޕާސްޕޯޓުގެ ޚިދުމަތް ށ. އަތޮޅުގައި ވެސް ފަށައިފި އެވެ.

އެ ހިދުމަތް އެ އަތޮޅުގައި ދެނީ ފުނަދޫގަ އެވެ. ޚިދުމަތް އިއްޔެ އެ އަތޮޅުގައި ފައްޓަވައި ދެއްވީ ކޮންޓްރޯލަ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދެވެ. އެވެ.

އިމިގްރޭޝަނުނ ބުނީ ޕާސްޕޯޓްގެ ހިދުމަތް ށ. އަތޮޅުގައި ޚިދުމަތް ފެށުމާއެކު އޮންލައިންކޮށް ހުށަހަޅާ ޕާސްޕޯޓްތައް އެ އަތޮޅުން ނެގޭނެ ކަމަށެވެ.

މިހާތަނަށް ނުވަ އަތޮޅެއްގައި ޕާސްޕޯޓް ޚިދުމަތް ވަނީ ފަށާފައިފަ ވެ. އަދި މާލޭގެ އިތުރުން ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ އިތުރުން ވިލިމާލޭގައި ވެސް ޕާސްޕޯޓްގެ ޚިދުމަތް އަންނަނީ ދެމުންނެވެ.

މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓްގެ ޚިދުމަތް ފޯރުކޮށް ދިނުމަކީ އަމާޒެކެވެ.