Last Updated: April 19, 21:11
Saturday, April 19, 2025
ޚަބަރު

ފާސްކުރީ ގާނޫނުއަސާސީއާ ހިލާފު ބިލެއް: އަޒާން

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދުކުރަން ބިލަށް ވޯޓު ނުދެއްވީ އެ ބިލަކީ ގާނޫނުއަސާސީއާ ހިލާފު ބިލަކަށްވާތީ ކަމަށް ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އަޒާން މަރުޒޫގު ވިދާޅުވެއްޖެ އެވެ.

ބިލަށް މިއަދު ބޯޓް އެހި އިރު، ތަޅުން ދޫކުރައްވައި ނުކުންނެވި މެންބަރު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރައްޔިތުންނާއި ގައުމީ މަސްލަހަތަށްވުރެ އިސްކުރަން ޖެހޭ މަސްލަހަތެއް ނޯންނާނެ ކަމަށެވެ. އަޒާން ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދު ކުރަން މަޖިލީހަށް ހުށަހެޅި ބިލަށް ތާއީދު ނުކުރަން ނިންމެވީ އޭނަ ތަމްސީލު ކުރައްވާ ރައްޔިތުންނާއި ގާނޫނީ ބޭފުޅުންނާއި ސަރުކާރުގެ މިނިސްޓަރުންތަކެއްހެ ވެސް ލަފަ އާއި މަޝްވަރާގެ މަތިން ކަމަށެވެ.

"އަދި މި ބިލަކީ ގާނޫނުއަސާސީއާ ހިލާފު ބިލަކަށް ވާތީ އެފަދަ ބިލަކަށް ތާއީދު ކުރުމަކީ ގާނޫނުއަސާސީގެ 75 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމުގައި ދެކޭތީ." އަޒާންގެ ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް އޮތް ނަމަ ޖުޑީޝަލް ސާވިސް ކޮމިޝަން ޖޭއެސްސީ) އިން އެކަން ބަލައި އެފަދަ މައްސަލައެއް ސާބިތުވާ ނަމަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ފަނޑިޔާރުން ވަކި ކުރެވިދާނެ ކަމަށެވެ. ނަމަވެސް އެ އުސޫލުގެ ބޭރުން މަޖިލީހުގެ ސުޕަ މެޖޯރިޓީ ޕީއެންސީ އަށް އޮއްވައި ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައި ދެ ފަނޑިޔާރަކު މަދު ކުރަން މަޖިލީހުން ނިންމުމަކީ ގާނޫނީ ގޮތުން ދެކޮޅު ޖެހޭ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އަޒާން ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ ރާއްޖެ އެންމެ މަތީ ކޯޓްގެ ކޯޓުގައި ދުސްތޫރީ މައްސަލައެއް ވެސް ބަލަމުން ދަނިކޮށް އެ ކޯޓުގެ ދެ ފަނޑިޔާރެއް މަދު ކުރުމަކީ ގަބޫލު ކުރައްވާ ކަމެއް ނޫން ކަމަށެވެ.

"އެއީ ހުޅުވާލެވިފައިވާ މިނިވަން ދިމިގުރާތީ މުޖުތަމައުތަކުގައި އަމަލު ކުރާ އުސޫލުތަކާއި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާތަކާއ ބީރައްޓެހި އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފަށް ކުރެވިގެންދާ ކަމެއް ކަމަށް ވާތީ އެފަދަ ކަމެއްގައި ބައިވެރިވެ ތާއީދު ނުކުރެވޭނެ." އަޒާން ވިދާޅުވި އެވެ.

އެ ބިލަށް ތާއީދު ނުކުރެއްވިޔަސް އައްޑޫ ރައްޔިތުންނަށް ކޮށްދޭން ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދޭ ނަމަ ސަރުކާރާއި ސަރުކާރުގެ މުއައްސަސާތައް ޖަވާބުދާރީ ކުރުމުގައި ދެމިހުންނަވާނެ ކަމަށް އަޒާން އޭނަ އެވެ.