ސަންޖޭ ދަތުގެ ހޮރޯ-އެކްޝަން ކޮމެޑީއެެއް އަންނަ އެޕްރީލް މަހުގެ ތެރޭގައި ގެނެސްދޭން ނިންމައި އޭގެ ޓީޒާއެއް ވެސް މިއަދު ދައްކާލައިފި އެވެ.
އެޕްރީލް 18 އަށް ތާވަލުކުރި ފިލްމުގެ ނަމަކީ "ދަ ބޫތުނީ" އެވެ. މީގެ ކާސްޓްގައި މޯނީ ރޯއި، ސަނީ ކޯޝަލް ސަދި ޕަލަކް ތިވާރީ ހިމެނެ އެވެ.
ޕަލަކް އަކީ ސަލްމާން ޚާންގެ 2023 ގެ "ކިސީ ކާ ބާއީ، ކިސީ ކީ ޖާން" އިން ތައާރަފުވި ބަތަލައެކެވެ. އެކްޓަރު ސައިފް އަލީ ޚާންގެ ދަރިފުޅު އިބްރީމް އަލީ ޚާން (އިގީ) އާ ރައްޓެހިވެގެން އުޅޭ ކަމަށް އަޑު އަރާފައިވާ ޕަލަކް އަކީ ކުރީގެ މަޝްހޫރު ސިލްސިލާ "ކަސޯޓީ ޒިންދަގީ ކީ" ގައި ޕްރޭނާގެ ރޯލު ކުޅުނު ޝްވޭތާ ތިވާރީގެ ދަރިއެކެވެ.
"ދަ ބޫތުނީ" ގެ ޑައިރެކްޓަރަކީ ސިދާންތު ސަޗްދޭވް އެވެ.