ބޭންކް އޮފް މޯލްޑިވްސްގެ "ރަން ފުރުސަތު" ރޯދަ ޕްރޮމޯޝަނާ އެސްޓީއޯ ގުޅިއްޖެ އެވެ.
ބީއެމްއެލް އިން ބުނީ ރޯދައަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި އެސްޓީއޯގެ ފިހާރަތަކުން ބީއެމްއެލް ކާޑުން ވިޔަފާރިކޮށްގެން ގިނަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
މި ހަފްތާގެ ހުކުރު ދުވަހު މި ޕްރޮމޯޝަނުގެ ފުރަތަމަ ހަފްތާ ނިމޭއިރު، ބީއެމްއެލް ކާޑުން އެސްޓީއޯއިން އިން ވިޔަފާރި ކޮށްގެން ދެ ފަރާތަކަށް 5،000 ރުފިޔާގެ އެސްޓީއޯ ގިފްޓް ވައުޗަރެއް ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.
އަދި 1 މާރިޗު އިން ފެށިގެން 7 އޭޕްރީލް ގެ ނިޔަލަށް އެސްޓީއޯއިން އިން ވިޔަފާރި ކޮށްގެން، ކޮންމެ ދުވަހަކު 2،000 ރުފިޔާގެ ބީއެމްއެލް ގިފްޓް ކާޑެއް ހޯދުމުގެ ފުރުސަތުވެސް ލިބޭނެ އެވެ. އަދި 300 ރުފިޔާއަށްވުރެ މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.