ބޮލީވުޑްގެ އެކްޓަރު އަބީޝެކް ބައްޗަންގެ އާ ފިލްމު "ބީ ހެޕީ" އަންނަ މަހުގެ 14 ގައި ގެނެސްދޭން ނިންމައިފި އެވެ.
ސިނަމާތަކަށް ގެނައުމުގެ ބަދަލުގައި މި ފިލްމު ބެލުންތެރިންނަށް ދޫކޮށްލަން ހަމަޖެހިފައި ވަނީ އެމެޒޯން ޕްރައިމް ވީޑިއޯއިންނެވެ.
"ބީ ހެޕީ" އަލީ މަޝްހޫރު ކޮރިއޮގްރާފަރު ރެމޯ ޑި ސޫޒާ އާއި އޭނަގެ އަންހެނުން ލިޒެލް ޑި ސޫޒާގެ ޕްރޮޑިއުސްކޮށް ގެނެސްދޭ ފިލްމެކެވެ. "ބީ ހެޕީ" ޑައިރެކްޓްކުރީ ވެސް ރެމޯ އެވެ.
ބައްޕައަކާއި އަންހެން ދަރިއަކާ އޮންނަ ގުޅުން ނެށުމުގެ ތެރެއިން ދައްކުވައި ދޭނެ "ބީ ހެޕީ" ގައި އަބީޝެކްގެ ދަރިފުޅުގެ ރޯލު ކުޅެފައި ވަނީ އިނާޔަތު ވަރުމާ އެވެ. މި ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ނޯރާ ފަތުހީ، ޖޯނީ ލީވާ އަދި ނައްސާރު ހިމެނެ އެވެ.
މަޝްހޫރު ބަތަލާ އައިޝްވާރިއާ ރާއީގެ ފިރިމީހާ އަބީޝެކްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ނޮވެމްބަރުގައި ރިލީޒްކުރި "އައި ވޯންޓް ޓު ޓޯކް" އެވެ. އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ޖޫންގައި ގެނެސްދޭން ހަމަޖެހިފައިވާ "ހައުސްފުލް 5" ހިމެނެ އެވެ.
އަމީތާބް ބައްޗަންގެ ދަރިފުޅު އަދި ބަތަލާ އައިޝްވާރިއާ ރާއީގެ ފިރިމީހާ އަބީޝެކް އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ޑައިރެކްޓަރު އާރް ބަލްކީ ގެނެސްދިން ސްޕޯޓްސް ޑްރާމާ "ގޫމަރު" އިންނެވެ.