އުރީދޫ މޯލްޑިވްސްއިން ރޯދަ މަހަށް ހާއްސަކޮށްގެން ގިނަ އަދަދެއްގެ އޮފާތަކަކާއި ޕްރޮމޯޝަންތަކެއް މިއަދު ތައާރަފުކޮށްފި އެވެ.
އުރީދޫ ކަރާ ފެޅުން
ކުރީ ދެ އަހަރު އުރީދޫގެ ފަރާތުން ގެނެސްދެވުނު ހަދިޔާފޮށީގެ ކާމިޔާބާއެކު މިއަހަރު އުރީދޫގެ ސުޕަރ އެޕް މެދުވެރިކޮށް މިގެނެސްދެނީ އުރީދޫ "ކަރާ ފެޅުން" އެވެ. މިއީ ކޮންމެ ދުވަހަކު ވެސް ހިތްގައިމު އިނާމުތަކެއް ހޯދުމުގެ ފުރުސަތަކަށް އެޕުން ފެނިގެންދާ ކަރާ ފަޅާލުމަށް އެޕްގައި އެކްޓިވް އެންމެނަށް ޓެޕް ކުރެވޭނެ އެވެ.
އުރީދޫން ބުނީ ކޮންމެ ދުވަހަކު ހިލޭ ޑޭޓާ އެޑް އޮންސް، އެއާފްރަޔަރ، ވެކިއުމް ކްލީނަރ، ނިންޓެންޑޯ ސްވިޗް، އެޕަލް ވޮޗް ފަދަ ހަދިޔާތަކާއެކު މިއަހަރު ކަރާ ފެޅުން އުފާވެރި މަޖާ ތަޖުރިބާއަކަށް ވެގެން ދާނެކަމަށް ޔަގީން ކުރާ ކަމަށެވެ.
ގްރޭންޑް ޕްރައިޒް ލިބޭ ފަރާތަކަށް އަގުހުރި 10 އެޕަލް ޕްރޮޑަކްޓްސްގެ ބިޔަ ބަންޑަލް އެއް ހިމެނެއެވެ. އޭގެ ތެރޭގައި ހިމެނެނީ: – އެޕަލް އައިފޯން 16 ޕްރޯ – މެކްބުކް އެއާ – އެއާޕޮޑްސް 4 – އެޕަލް ވޮޗް – އެޕަލް ޓީވީ – އެޕަލް ހޯމްޕޮޑް – އެޕަލް އައިޕެޑް – އެޕަލް ޕެންސިލް – އެއަރޕޮޑްސް މެކްސް – 65" ޓީވީ އެެވެ.
ރޯދައިގޭ ނޫރު – ރަމަޟާން މަހުގެ ދަތުރެއް
އުރީދޫގެ މިއަހަރު ރޯދަ ކެމްޕެއިނުން މި ގެނެސްދެނީ ކުޑަކުއްޖެއް ކަމަށްވާ ނޫރްގެ ފަރާތުން އޭނާގެ ފުރަތަމަ ރޯދަމަހުގެ ސިފަކުރުންތަކެކެވެ.
ނޫރަށް އޭނާގެ ބައްޕަގެ ފަރާތުން ހާއްސަ ފޮތެއް ލިބުމާއެކު، ރަމަޟާން މަހުގެ ރިވެތި ސިފަތައް ކަމުގައިވާ ކެތްތެރިކަމާއި، ނަމާދާއި ދީލަތިކަން ޒަމާނީ އިސްލާމީ ވާހަކަތަކުން ނޫރު ރޯދަމަހުގެ ދަތުރެއް ފަށައެވ ރަމަޟާން މަހުގެ އަސްލަކީ، އެމަހަށްވުރެ ވެސް ބޮޑަށް ފެތުރިފައިވާ އެއްޗެއްކަން ހަނދާންކޮށްދީ، އޯގާތެރިކަމާއި، ވިސްނުމާއި، އެއްބައިވަންތަކަމުން ފުރިގެންވާ ދިރިއުޅުމެއް އުޅުމަށް މަގުދައްކައިދެއެވެ.
އުރީދޫން ވަނީ ރޯދަ މަހަށް ހާއްސަ ޕެކޭޖްތަކެއްވެސް ތައާރަފުކޮށްފަ އެވެ. މީގެ ތެރޭގައި 20ޖީބީ ބޯނަސް ޑޭޓާ އާއި، ރޭގަނޑު ބޭނުންކުރެވޭ 10ޖީބީ ޑޭޓާ އަދި 150ޖީބީ ފެމިލީ ޝެއަރިން ޕެކޭޖް ހިމެނެއެވެ. އަދި އެމް-ފައިސާ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކުމުގެ ފުރުސަތާއި، އިފްތާރު ހަދިޔާކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފަ އެވެ.
އުރީދޫން ބުނީ، އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ މުޖުތަމަޢަށް މާނަހުރި ގުޅުމާއި ތަޖުރިބާތައް އުފެއްދުމަށް ކަމަށެވެ.
މި އޮފާތައް ލިބިގެން ދާނީ ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.