ބުޅާތަކަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހެދި "އޮޅު ހިޔާ" ފެސިލިޓީގެ ރަސްމީ ހުރިހާ ލިޔެކިއުންތަކާއި ލީގަލް އެސެޓްސް ޓްރާންސްފަރ ގެ މަސައްކަތް ނިމުމަށް ފަހު، މާލެ ސިޓީ ކައުންސިލުން ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީއާ ފެސިލިޓީ ވަނީ މިއަދު ހަވާލުކޮށްފި އެވެ.
އެ ފެސިލިޓީ އަކީ މާލެ ސަރަހައްދަށް ދިމާވެފައިވާ ބުޅަލުގެ މައްސަލައަށް ހައްލެއް ގެނައުމަށް މާލެ ސިޓީ ކައުންސިލާ ހަވާލުކޮށްގެން ސަރުކާރުން ހެދި ތަނެކެވެ
އެ ފެސިލިޓީ މިނިސްޓްރީއާ ހަވާލުކުތުމުގެ ހަވާލުކުރުމުގެ ރަސްމީ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު ޢަލީ ޞަފްވާން އިބްރާހިމެވެ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ސެކެޓްރީ ޖެނެރަލް އިބްރާހިމް ރަޝީދެވެ.
"އޮޅު ހިޔާ" ތަރައްޤީކޮށް މިދިޔަ އަހަރުގެ ތެރޭގައި ރަސްމީކޮށް ހުޅުވި ނަމަވެސް އެ ފެސިލިޓީގެ ޚިދުމަތް މިއަދާ ހަމައަށްވެސް ފެށިފައި ނުވަނީ، މިނިސްޓްރީން ދީފަައިވައި، ގައިޑްލައިނާ އާއި ވަސީލަތްތައް ކުރެވިފައި ނުވާތީ އެވެ.މީގެ އިތުރުން އެތަނަޑް ވެޓްރިނަރީ ލައިސަންސް ލިބިފައި ނުވުމާއި، ޑޮކްޓަރުންނާއި ނަރުހުން ވެސް ނަގާފައިނުވާތީކަން ފާހަގަކުރެވެ އެވެ.
އެހެންވެ ފެސިލިޓީ މިނިސްޓްރީއާ ހަވާލުކޮށްދިނުމަށް އެދި ކައުންސިލަށް އެންގީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އަދި އެތަނުގެ އަދި އެސެޓް ޓްރާންސްފަ ހެދި، އިންވެންޓްރީ ހަދާފައި ވަނީ މި މަހުގެ މެދުތެރޭގަ އެވެ.
މިނިސްޓްރީން ބުނީ "އޮޅު ހިޔާ" އެތަނާ ހަވާލުކޮށްފައިވާތީ ވީ އެންމެ އަވަހަކަށް އެތަނުގެ ޚިދުމަތްތައް ފެށުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.