ގައުމީ އެއާލައިން، މޯލްޑިވިއަނާއި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެން އެ ސިޓީގައި ގަސް އިންދުމުގެ ހަރަކާތެއް ބާއްވައިފި އެވެ.
މިއީ ފަސް މިލިއަން ގަސް އިންދަން ސަރުކާރުން ފަށާފައި އޮތް ޕްރޮގްރާމްގެ ދަށުން މޯލްޑިވިއަނުން 50،000 ގަސް އިންދަން ކުރިއަށް ގެންދާ ހަރަކާތުގެ ތެރެއިން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
އެގޮތުން އަންގާރަ ދުވަހު ފުވައްމުލަކުގައި ގަސް އިންދުން ކުރިއަށް ގެންދިޔައީ ރަށުގެ ތޫނޑު ސަރަހައްދު ގައެވެ.
އެ އިވެންޓްގައި ފުވައްމުލަކުގެ މޭޔަރު އިސްމާއީލް ރަފީގާއި ކައުންސިލް މެންބަރުންނާއި އިތުރު މުވައްޒަފުންނާއި މޯލްޑިވިއަންގެ އިސް ވެރިންނާއި، އަދި ގިނަ އަދަދެއްގެ އާންމުން ވެސް ބައިވެރި ވިއެވެ. އެގޮތުން ރުކާއި އެކި ބާވަތުގެ ގަސްތައް އިންދާފައިވެ އެވެ.
އެ އިވެންޓްގައި މޭޔަރު ވިދާޅުވީ މި ޕްރޮގްރާމަކީ= ރަށުގެ ތިމާވެށި ރައްކާތެރިކޮށް، ޖައްވު ސާފުކޮށް ބެހެއްޓުމަށް ވަރަށް މުހިންމު މަސައްކަތެެއް ކަމަށެވެ.
މޯލްޑިވިއަންގެ ފަރާތުން މި ހަރަކާތާ ގުޅޭގޮތުން ދެއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، "5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތިމާވެށި ރައްކާތެރިކުރުމަށް ފައްޓަވާދެއްވާފައިވާ މުހިންމު ޕްރޮގްރާންއެކެވެ.
މޯލްޑިވިއަނުން އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ގަސް އިންދުމުގެ ހަރަކާތްތައް ހިންގަމުންނެވެ.