Last Updated: April 11, 11:14
Friday, April 11, 2025
ޚަބަރު

އެމްއެމްއޭގެ 'ތަމްވީލް' އިފްތިތާހުކޮށްފި

އިސްލާމީ މާލީ ނިޒާމަށް ހޭލުންތެރިކަން އިތުރުކޮށް އެ ދާއިރާއިން މީހުން ތަމްރީނުކުރުމަށް ފަން މިލިއްން ރުފިޔާގެ ފަންޑަކާ އެކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން "ތަމްވީލް އިސްލާމިކް ފައިނޭންސް އިނިޝޭޓިވް" އިފޔތިތާހުކޮށްފި އެވެ.

އެ އިނީޝިއޭޓިވް އިއްޔެ އިފުތިތާހުކޮށް ދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވީ އިސްލާމީ މާލީ ނިޒާމާ ބެހޭ ގޮތުން މީހުން ހޭލުންތެރި ކުރުމަށާއި އެ ދާއިރާއިން މީހުން ތަމްރީނު ކުރުމަށް އެމްއެމްއޭ އިން އިސްނަގައިގެން މުހިންމު މަސައްކަތްތަކެއް ކުރަން ރާވާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ އިސްލާމީ މާލީ ނިޒާމުގައި މުހިއްމު ހަބަކަށް ހެދުން." އޭނަ ވިދާޅުވި އެވެ.

ފަންޑުގެ ދަށުން އިސްލާމީ މާލީ ނިޒާމާ ގުޅޭ އެކިއެކި ކޯސްތަކާއި ތަމްރީނު ޕްރޮގްރާމްތަކަށް ސްޕޮންސާ ލިބިގެން ދާނެ އެވެ. އަދި މެލޭޝިއާގެ އިންޓަނޭޝަނަލް ސެންޓަ ފޯ އިސްލާމިކް ފައިނޭންސް ޔުނިވާސިޓީން އެ ދާއިރާއިން މީހުން ބިނާކުރުމުގައި އެ ޔުނިވަސިޓީގެ އެހީތެރިކަން އެމްއެމްއޭ އަށް ލިބޭނެ އެވެ.

އިސްލާމީ މާލީ ނިޒާމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތްތަކުގެ ތެރެއިން މި ރޯދަމަހު ޓީވީން "ތަމްވީލް" ގެ ނަމުގައި ޕްރޮގްރާމެއް ގެނެސްދިނުމަށް ވެސް މަރުކަޒީ ބޭންކުން ވަނީ ނިންމައިފަ އެވެ.

ކޮންމެ ދުވަހަކު ހުށަހަޅާ އިސްލާމީ މާލީ ނިޒާމާ ގުޅޭ ސުވާލަކަށް ރަނގަޅު ޖަވާބުދޭ ފަރާތްތަކުގެ ތެރެއިން ކޮންމެ ދުވަހަކު ވެސް ގުރުއަތުން ހޮވޭ މީހަކަށް ބީއެމްއެލް އިސްލާމިކްގެ ފަރާތުން 1,000ރ. ގިފްޓްކާޑެއް އަދި އެންމެ ގިނަ ޖަވާބު ދިމާކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ދެ މީހެއްގެ އުމްރާ ދަތުރެއް ދޭ ގޮތަށް ވެސް ހަމަޖެހިފައިވެ އެވެ.