Last Updated: April 19, 23:09
Saturday, April 19, 2025
މުނިފޫހިފިލުވުން

'މާކޯ' ގެ ޑައިރެކްޓަރު ކަރަންގެ ދަރުމާ އަށް

ކަރަން އަދި ހަނީފު.

ދާދި ފަހުން ރިލީޒްކޮށް، ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި މަލަޔާޅަމް އެކްޝަން ތުރިލާ "މާކޯ" ގެ ޑައިރެކްޓަރު ހަނީފު އަދޭނީ، ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނަށް ފިލްމެއް ހަދަން ސޮއިކޮށްފި އެވެ.

މީޑިއާތަކުން ބުނީ އޭނަ އެ ސްޓޫޑިއޯ އަށް ވެސް ހަދާނީ ވަރަށް ވަރުގަދަ އެކްޝަން ފިލްމެއް ކަމަށާއި އެ ފިލްމި ވަރަށް އަވަހަށް ރަސްމީކޮށް އިއުލާން ކުރާނެ ކަމަށެވެ.

ދަރުމާ އަކީ މިހާރު ބޮލީވުޑްގެ އެންމެ ފާހަގަކޮށްލެވޭ އެއް ސްޓޫޑިއޯ އެވެ. އެ ސްޓޫޑިއޯ އިން މިދިޔަ އަހަރު ވަރުގަދަ އެކްޝަން ފިލްމެއް ގެނެސްދިނެވެ. އެއީ އިންޑިއާގެ އެންމެ އަނިޔާވެރި އެކްޝަން ފިލްމުގެ ގޮތުގައި ޕްރޮމޯޓްކުރި ޑައިރެކްޓަރު ނިކިލް ނާގޭޝް ބަޓްގެ "ކިލް" އެވެ.

އެއަށް ލިބުނު ތަރުހީބާ ގުޅިގެން ދެވަނަ ބައެއް ވެސް ހަދަން އޮތީ ޕްލޭންކޮށްފަ އެވެ.

މިދިޔަ ޑިސެމްބަރު މަހު ރިލީޒްކުރި "މާކޯ" އަކީ ހަނީފް ލިޔެ، ޑައިރެކްޓްކޮށް ގެނެސްދިން ފިލްމެކެވެ. އެ ފިލްމަކީ އޭނަގެ 2019 ގެ "މީކާއީލް" ގެ ސްޕިންއޮފެކެވެ. ހަނީފްގެ އަލަތު ޑައިރެކްޝަނަނަކީ 2017 ގެ ކްރައިމް ތުރިލާ "ދަ ގްރޭޓް ފާދާ" އެވެ. ދެހާސް ތޭވީހުގެ "ރާމްޗަންދުރާ ބޮސް އެންޑް ކޯ" އަކީ ކުޅަދާނަ ޑައިރެކްޓަރު 2023 ގައި ގެނެސްދިން ހެއިސްޓް އެކްޝަން ކޮމެޑީއެކެވެ.