އެގްރިކަލްޗަ މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ މާލޭގެ ދަތުރުވެރިންގެ މާރުކޭޓަށް ޒިޔާރަތްކުރައްވައިފި އެވެ.
މިނިސްޓަރުގެ މި މިޒިޔާރަތުގައި މާރުކޭޓުގައި ހުރި ދިވެހި ދަންޑުވެރިން އުފައްދާ ތަކެތި ހުރީ ކިހާ މިންވަރަކަށްތޯ ބައްލަވައި ތަކެތި މާރުކޭޓަށް ގެނައުމުގެ ކަންކަން ކުރިޔަށްދާ ގޮތް ވެސް އޮޅުންފިލުއްވާފައިވެ އެވެ.
މިނިސްޓަރު ވަނީ މާރުކޭޓްގައި ތަކެތި ވިއްކަން ތިބި ބައެއް ދަނޑުވެރިންނާއި، ދިވެހި ދަނދުވެރިން އުފައްދާ ތަކެތި މާލެ ގެނެސް މާރުކެޓްގައި ވިއްކާ ބައެއް ފަރާތްތަކާއި ބައްދަލުކުރައްވައި، އެ ފަރާތްތަކުގެ ކަންބޮޑުވުންތައް ވެސް އަޑު އައްސަވައިފައެވެ. އަދި ދިވެހި ދަނޑުތަކުގައި އުފައްދާ ތަކެތި މާކެޓްކުރުމުގައި ހުރި ގޮންޖެހުންތަކާ ގުޅޭ ގޮތުން އެފަރާތްތަކުގެ މަޝްވަރާ އާއި ޙިޔާލުތައް ވެސް ހޯއްދެވި އެވެ.
ރާއްޖޭގެ ދަނޑުވެރިން އުފައްދާ ތަކެތި މައިގަނޑު ގޮތެއްގައި ވިއްކަނީ މާލެ ގެންގޮސް ލޯކަލް މާރުކޭޓްގަ އެވެ. އެގޮތުން ރޯދަ މަހަކީ ހާއްސަކޮށް ބާރުބޮޑުވާ މަހެކެވެ.