Last Updated: April 2, 22:48
Wednesday, April 2, 2025
ދުނިޔެ

އިންސްޓަގްރާމް 'ރީލްސް' ވަކި އެފަކަށް ހަދަނީ

ކުރުު ވީޑިއޯތަކަށް ހާއްސަ އިންސްޓަގްރާމްގެ 'ރީލްސް" ވަކި އެޕެއްގެ ގޮތުގައި ނެރެން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ މިކަމާ ބެހޭ މައުލޫމާތު އިންސްޓަގްރާމްގެ ހެޑް، އެޑަމް މޮސެރީ މި ހަފުތާގެ ތެރޭގައި ކުންފުނީގެ މުވައްޒަފުންނާ ވެސް ހިއްސާކޮށްފައިވާ ކަމަށެވެ.

ނަމަވެސް އިންސްޓަގްރާމްގެ ބެލެނިވެރި ކުންފުނި ކަމަށްވާ މެޓަ އިން މިކަމާ ގުޅޭ ގޮތުން ރަސްމީކޮށް އަދި ވަކި އެއްޗެއް ނުބުނެ އެވެ.

މީޑިއާތަކުން ބުނި ގޮތުގައި "ރީލްސް" ވަކި އެޕެއްގެ ގޮތުގައި ނެރެން އިންސްޓަގްރާމުން ސީރިއަސްކޮށް ވިސްނަން ފެށީ އެމެރިކާގައި ކުރިއަށް އޮތް ތަނުގައި ޓިކްޓޮކަށް ވާނެ ގޮތެއް "ނޭނގުމެއްގެ ތެރޭގައި" އޮތުމުން ކަމަށެވެ. އެމެރިކާގެ ސަރުކާރުގެ ވިސްނުން ހުރީ ޗައިނާގެ ބައިޓްޑާންސުން ހިންގާ ޓިކްޓޮކް އެމެރިކާގައި ހިންގަން ބޭނުން ނަމަ، އެ އެޕްގެ އެމެރިކާގެ އޮޕަރޭޝަންސް އެ ގައުމުގެ ކުންފުންޏަކަށް ވިއްކައިލައިގެން ނޫން ގޮތަކަށް ދާއިމީކޮށް ފުރުސަތު ނުދިނުމަށެވެ.

އެމެރިކާގައި ޓިކްޓޮކް ބޭނުންކުރާ މީހުންގެ އަދަދު 170 މިލިއަނަށް އަރަ އެވެ.

ޓިކްޓޮކާ ވާދަކުރެވޭ ފެންވަރުގެ ވަރުގަދަ ވަކި އެޕަކަށް އިންސްޓަގްރާން "ރީލްސް" ހަދަން ނިންމާފައިވާ އިރު، "ރީލްސް" ލޯންޗްކުރީ 2020 ގަ އެވެ. އޭގެ ކުރިން 2018 ގައި މެޓަ އިން ޓިކްޓޮކާ ވާދަކުރަން "ލަސޯ" ގެ ނަމުގައި ވަކި އެޕެއް ލޯންޗްކުރި އެވެ. އެކަމަކު މާ ގިނަ ދުވަސްތަކެއް ނުވެ އެ ވަނީ ހުއްޓާލައިފަ އެވެ.

މެޓަ އަކީ ފޭސްބުކާއި މެސެންޖާ އާއި ވަޓްސްއެޕް ފަދަ އެޕްތައް ވެސް ހިންގާ ކުންފުންޏެވެ.

ހިޔާލު ފާޅުކުރައްވާ