ބޮލީވުޑްގެ ބަތަލާ ޕަރިނީތީ ޗޯޕްޅާ ވެސް ވެބް ސީރީޒެއްގެ މަސައްކަތް ފަށައިފި އެވެ.
މި ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކޮށް އޭނަ ބުނީ މިއީ ތުރިލާ ޖޯންރާގެ ވަރަށް ޝައުގުވެރި އެއްޗަކަށް ވާނެ ކަމަށެވެ. ނެޓްފްލިކްސް އަށް ހަދާ ސީރީޒްގެ ނަން އަދި ހާމަކޮށްފައި ނުވާ އިރު، މީގެ ޑައިރެކްޓަރަކީ ސިދާތު ޕީ މަލްއުތުރާ އެވެ. އޭނަ އަކީ "ހިކްޗީ" އާއި "ވީ އާ ފެމިލީ" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ.
ސިދާތުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު އާމިރު ޚާންގެ ދަރިފުޅު ޖުނައިދު ޚާނާ އެކު ގެނެސްދިން "މަހާރާޖް" އެވެ.
ޕަރިނީތީގެ އަލަތު ވެބް ސީރީޒްގެ ކާސްޓްގައި މަޝްހޫރު ޓީވީ ބަތަލާ ޖެނިފާ ވިންގެޓާއި އާލިއާ ބަޓްގެ މަންނަ ސޯނީ ރާޒްދަނާއި ސުމީތު ވިއާސް އާއި ހަރްލީން ސޭތީ އާއި ތާހޮރް ރާޖން ބާސީން އާއި އަނޫޕް ސޯނީ އަދި ސަޕްނާ މަލްއުތުރާ ހިމެނެ އެވެ.
ޕަރިނީތީގެ އެންމެ ފަހުގެ ފިލްމަކީ ޑައިރެކްޓަރު އިމްތިއާޒް އަލީ މިދިޔަ އަހަރު ގެނެސްދިން "އަމަރު ސިންގް ޗަމްކީލާ" އެވެ.