Last Updated: September 19, 05:57
Thursday, September 19, 2024
ޚަބަރު

"އާސަންދަ" ހިދްމަތާއި އެކު ފޭދޫ "އެއިމްސް" ކްލިނިކް މިއަދު ހިދްމަތަށް!

ފޭދޫ ބޮޑު މަގުގައި "އެއިމްސް:ގެ ނަމުގައި ކްލިނިކެއް، އާސަންދަ ހިދްމަތާއި އެކު މިއަދު ހިދްމަތަށް ހުޅުވާލައިފިއެވެ.

ފޭދޫ އެސްޓިއޯ ފިހާރަ ހުރި ސަރަހައްދުގައި، މިއަދު ހިދްމަތް ދޭން ފެށި ކްލިނިކްގައި މިވަގުތު ހިދްމަތް ދެމުން އަންނަނީ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރަކާއި އަދި އަންހެނުންގެ ޚާއްސަ ޑޮކްޓަރަކެވެ.

ބޭސްފިހާރަ، ލެބޯޓަރީގެ ހިދްމަތާއި ޑިޖިޓަލް އެކްސްރޭއި، އަލްޓްރާ ސައުންޑް ސްކޭނިން (2D, 3D,4D) ގެ ހިދްމަތާއިއެކު ފެށި މި ކްލިނިކުގައި މިވަގުތު މަސައްކަތް ކުރައްވަނީ ޔުކްރެއިންގެ ތަޖްރިބާ ކާރު ދެ ޑޮކްޓަރުންނެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި "އެއިމްސް" ކްލިނިކަކީ ފޭދޫއަށް ނިސްބަތްވާ މަޝްހޫރު ހެޕީމާކެޓް ނައިމްގެ ހިއްސާއާއި އެކު ވުޖޫދަށް ގެނެވުނު ކްލިނިކެކެވެ.

އައްޑޫގައި އެކަށީގެންވާ ސިއްހީ ހިދްމަތެއް ނުދެވޭ އިރު އަންހެނުންނާއި އަދި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރަކާއި އެކު ފެށި މިހިދްމަތުން ރައްޔިތުންނަށް ބޮޑު ހިތް ހަމަޖެހުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

އެއިމްސް އިން ބަލި މީހުން ބަލާ ގަޑތަކަކީ ހެނދުނު 9:00 އިން މެންދުރު 1:00 އަށް އަދި ހަވީރު 5:00 އިން ރޭގަނޑު 9:00 އަށެވެ.

ކްލިނިކްގެ ޚިދުމަތް ހޯދުމަށާއި، އެޕޮއިޓްމަންޓް ހެއްދެވުމަށް ގުޅޭނެ ނަންބަރުތަކަކީ 6898092 އަދި 6898093 އެވެ.