ފިތުރު އީދުގައި ގެނެސްދޭން ހަމަޖެހިފައިވާ ސަލްމާންގެ ފިލްމު "ސިކަންދަރު" ގެ ރަސްމީ ޓީޒާ މިއަދު ދައްކާލައިފި އެވެ.
މި ފިލްމަކީ ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކޮށް، ތަމަޅަ ޑައިރެކްޓަރު އޭއާރް މުރްގަދޯސް ލިޔެ، ޑައިރެކްޓްކޮށްފައިވާ އެކްޝަން ތުރިލާއެކެވެ. ސަލްމާން ޑަބަލް ރޯލެއް ކުޅެފައިވާ "ސިކަންދަރު" ގެ ބަތަލާ އަކީ ރަޝްމިކާ މަންދަނާ އެވެ.
މީގެ އިތުރު ކާސްޓުންގެ ތެރޭގައި ޝަރްމަންނ ޖޯޝީ، ކާޖަލް އަގަރްވާލް، ޕްރަތީކް ބައްބަރް އަދި "ބާހްބަލީ" ގައި ކަޓައްޕާގެ ރޯލު ކުޅުނު ސަތިއަރާޖް ހިމެނެ އެވެ.
"ސިކަންދަރު" އަކީ މުރްގަދޯސްއާ އެކު ސަލްމާން މަސައްކަތްކުރި ފުރަތަމަ ފިލްމެވެ. އޭނަ ކުރިން ގެނެސްދިން ހިންދީ ފިލްމުތަކުގެ ތެރޭގައި އާމިރު ޚާންގެ "ގަޖިނީ" އާއި އަކްޝޭ ކުމާރުގެ "ހޮލިޑޭ: އަ ސޯލްޖާ އިޒް ނެވާ އޮފް ޑިއުޓީ" ހިމެނެ އެވެ.