ނ. ހޮޅުދޫގައި ފުލުހަކަށް ހަމަލާ ދިންކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މީޑިއާތަކަށް މިއަދި ފޮނުވި މެސެޖެއްގައި ބުނީ ކޯޓުގެ އަމުރެއްގެ ދަށުން އެ ދެ މީހުން ހައްޔަރުކުރީ މިއަދު ކަމަށެވެ. ނަމަވެސް އެއީ ކޮން ބައެއް ކަމެއް ހާމައެއް ނުކުރެ އެވެ.
އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން ފުލުހަކަށް ހަމަލާދީ، ޕޮލިސް ސްޓޭޝަނަށް ގެއްލުން ދީފައިވާ މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ. އެއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ގައި މަރުވެފައި އޮއްވައި ފެނުނު ހޮޅުދޫ ޒަކިއްޔާ މޫސާގެ މަރުގެ ތަހުގީގު ލަސްވެ، އިންސާފު ވެސް ލިބުން ލަސްވެފައިވާ ކަމަށް ބުނެ ކުރިއަށް ގެންދިތަ އިހުތިޖާޖުގެ ތެރޭގަ އެވެ.