Last Updated: April 20, 06:46
Sunday, April 20, 2025
މުނިފޫހިފިލުވުން

އަހަރުގެ ފުރަތަމަ ފިލްމަކީ 'އަބަދަށް'

މި އަހަރު އޮލިމްޕަހަށް ގެންނަ ފުރަތަމަ ދިވެހި ފިލްމު "އަބަދަށް" ގެ ޓީޒާއެއް ދައްކާލައިފި އެވެ.

މި ފިލްމަކީ ކުޅަދާނަ ޑައިރެކްޓަރު މޫމިން ފުއާދު ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

އަންނަ އެޕްރީލް މަހުގެ 28 ގައި ބެލުންތެރިންނަށް ދޫކޮށްލަން ތާވަލުކުރި "އަބަދަށް" ގެ މައިގަނޑު ކާސްޓްގައި ހިމެނެނީ ވާޝިޔާ މުހައްމަދާއި ޝާރިފް އަހުމަދާއި މަޝްހޫރު ތަރިން ކަމަށްވާ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި އިސްމާއީ ރަޝީދު (ކޮޕީ އިއްސެ) ގެ އިތުރުން ސޫޒަން އިބްރާހީމްފުޅެވެ.

މި ކާސްޓަށް ބަލާ ހުރިހާ ތަރިން ވެސް މޫމިންއާ އެކު ކުރިން މަސައްކަތްކޮށްފައިވެ އެވެ. ޔޫއްޕެ އަކީ އޭނަ އެންމެ ފަހުން ގެނެސްދިން ފީޗާ ފިލްމު ކަމަށްވާ 2019 ގެ "ނިވައިރޯޅި" ގެ ބަތަލު ވެސް މެ އެވެ.

މޫމިން އަކީ "ހެޕީ ބާތުޑޭ" އާއި "ލޫދިފާ" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ.

އޭނަގެ "އަބަދަށް" އަކީ ނޫރު އެން މޫވީސް އިން ގެނެސްދޭ ފިލްމެކެވެ.