ރާއްޖޭގެ ޓޫރިސްޓް ފެސިލިޓީތަކުން ޑޮލަރު މާރުކުރާއިރު ގްރޮސް ސޭލްސް ހިސާބު ކުރުމުގައި ޓީޖީއެސްޓީ އާއި ގްރީން ޓެކްސް އަދި ސާވިސް ޗާޖް އުނި ކުރެވޭ ގޮތް ހަދައިފި އެވެ.
މޯލްޑިވްސް މަނިޓފަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ރޭ އާންމުކުރި ބޭރު ފައިސާ އާއި ބެހޭ އާންމު ގަވައިދުގެ 7 ވަނަ މާއްދާގައި ބުނެފައި ވަނީ ބޭރު ފައިސާއާ ބެހޭ ގާނޫނުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މީލާދީ މަހެއްގެ ބޭރު ފައިސާގެ ގްރޮސް ސޭލްސް ހިސާބުކުރުމުގައި އެ މަހެއްގެ ބޭރު ފައިސާގެ ޖުމްލަ ސޭލްސްއިން އެ މަހަކަށް ނިސްބަތްވާ އެ ފަރާތުގެ ޓީޖީއެސްޓީ އާއި ގްރީން ޓެކްސްގެ އިތުރުން ސާވިސް ޗާޖް އުނި ކުރެވިދާނެ ކަމަށެވެ.
ގަވައިދުގައި ވަނީ ބޭރު ފައިސާ މާރު ކުރެވިފައިވާ ނަމަ އެޖެސްޓްމަންޓް ހަދައި ދޭނެ އުސޫލެއް ވެސް ބަޔާންކޮށްފަ އެވެ.
އެގޮތުން މީލާދީ މަހަކަށް ނިސްބަތްކޮށް މާރުކުރަން ޖެހޭ ބޭރު ފައިސާގެ އަދަދަށް ވުރެ އިތުރަށް މާރުކުރަން ޖެހޭ މުއްދަތުގެ ތެރޭގައި މާރުކޮށްފައިވާ ނަމަ ވިދިގެން އަންނަ މަހުގެ ނުވަތަ މަސްތަކުގެ ސޭލްސް ރިޕޯޓަށް ބަލައި އެ މަހަކަށް ނުވަތަ މަސްދުވަސްތަކަކަށް ނިސްބަތްކޮށްމާރުކުރަން ޖެހޭ ބޭރު ފައިސާގެ އަދަދުން އިތުރަށް ދައްކާފައިވާ އަދަދު މަރުކަޒީ ބޭންކުން ކަނޑައަޅާ ގޮތެއްގެ މަތީން އެފަރާތަކަށް އެޖަސްޓްކޮށްދޭން ވާނެ ކަމަށް ބުބެފައިވެ އެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނު ތަސްދީގުކޮށް އަމަލުކުރަން ފެށީ މިދިޔަ ޑިސެމްބަރު މަހު އެވެ.