Last Updated: April 10, 10:12
Thursday, April 10, 2025
ޚަބަރު

މޫސުން ގޯސް، ބޮޑު ބަޔަކަށް ވައިޓް އެލާޓް

މޫސުން ގޯސް ދުވަހެއް - ފޮޓޯ: ޕޮލިސް

މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް، މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވައިޓް އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ ބ .އަތޮޅުން ގދ. އަތޮޅާއި ހަމައަށެވެ. މި އެލާޓް ނެރެފައިވަނީ މެންދުރު 15:00 އާއި ހަމައަށެވެ.

މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ލަފާކޮށްފައިވެ އެވެ.

މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް އަނެއްކާވެސް ވަނީ މޫސުން ގޯސްވެފަ އެވެ.