މިއަހަރުގެ މުލަ ރޯދަ ދުވަހަކީ މާދަމާ ކަމަށް ކަނޑައަޅައިފި އެވެ.
މިއަހަރުގެ ހަނދު ސާބިތުކުރުމަށް އިސްލާމީ މަރުކަޒުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވަނީ ހަނދާ ބެހޭ ގަރާރު އިއްވައިފަ އެވެ.
ގަރާރު އިއްވަމުން ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ ވިދާޅުވީ 1446 ވަނަ އަހަރުގެ ޝައުބާން މަހުގެ 29 މީލާދީ ސަނަތުން 2025 ފެބްރުއަރީ 29 ވަނަ ދުވަހުގެ އިރު އޮއްސުމަށްފަހު ބައެއް އިސްލާމީ ގައުމުތަކަށް 1446 ވަނަ އަހަރުގެ ރަމަލާން މަހުގެ ހަނދު ފެނުނުކަން ޝަރުއީ ހަމަތަކުން ސާބިތުވެފައިވާ ކަމަށެވެ.
ރަމަޟާން މަހާއި ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމަށް ރާއްޖޭގައި އަމަލުކުރާ އުސޫލުގައިވާ ގޮތުން މާދަމާއަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަނޑައަޅާ ކަމަށް ޒަކަރިއްޔާ ވިދާޅުވި އެވެ.