Last Updated: April 19, 23:09
Saturday, April 19, 2025
މުނިފޫހިފިލުވުން

ސިދާތާއި ކިއާރާ އަށް ދަރިޔަކު ލިބެނީ

ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ ސިދާތު މަލްއުތުރާ އާއި ކިއާރާ އަދުވާނީ އަށް ދަރިޔަކު ލިބެން އުޅޭކަން މިއަދު އިއުލާންކޮށްފި އެވެ.

ދެ ތަރިންގެ ސޯޝަލް މީޑިއާގައި އެކަން ހިއްސާކުރުމާ އެކު ގިނަ ބަޔަކު އަންނަނީ ދެމަފިރިންނަށް މަރުހަބާ ކިޔަމުންނެވެ.

ސިދާތި، 40 އާއި ކިއާރާ، 33 ކައިވެނިކުރީ 2023 ގަ އެވެ. ދެ ތަރިން އެކީގައި ފިލްމެއް ވެސް ކުޅެފައިވެ އެވެ. އެއީ 2021 ގެ "ޝޭރްޝާ" އެވެ.

ސިދާތު ބައްޕައަކަށްވާ އިރު، އޭނައާ އެކީ އެއް ފިލްމަކުން ބޮލީވުޑަށް ނުކުތް އާލިއާ ބަޓާއި ވަރޫން ދަވަން އަށް ދަރިން ލިބިފައިވެ އެވެ. އާލިއާ އާއި އެކްޓަރު ރަންބީރް ކަޕޫރް ކައިވެނިކޮށް ހަމަ އެ އަހަރު ލިބިފައި ވަނީ އަންހެން ކުއްޖެކެވެ. ވަރޫން އާއި އޭނަގެ ކުޑައިރުގެ ލޯބިވެރިޔާ ނަތާޝާ ދަލާލު 2021 ގައި ކައިވެނިކޮށް ދަރިޔަކު ލިބުނީ މިދިޔަ އަހަރު އެވެ.

ވަރޫން އަށް ވެސް ލިބުނީ އަންހެން ކުއްޖެކެވެ.

ސިދާތާއި އާލިއާ އަދި ވަރޫންގެ ފުރަތަމަ ފިލްމަކީ ކަރަންް ޖޯހަރްގެ 2012 ގެ "ސްޓޫޑެންޓް އޮފް ދި އިޔާ" އެވެ.