Last Updated: April 10, 10:12
Thursday, April 10, 2025
ޚަބަރު

މޫސުން ގޯސްވުމުން އިދާރާތައް ތައްޔާރީ ހާލަތުގައި

މާދަމާ ރޯދަ މަސް ފެށޭ އިރު، ކުރިއަށް އޮތް ދެތިން ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވާތީ ސަރުކާރު އިދާރާތަކުން ތައްޔާރުވެއްޖެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ސޯޝަލް މިޑިއާ ޕޯސްޓެއްގައި ވިދާޅުވީ ކުރިއަށް އޮތް ދެތިން ދުވަހަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވާރޭވެހި މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ހާމަކޮށްފައިވުމާކު، ރައްޔިތުންނަށް ދިމާވެދާނެ ތަކްލީފުތައް ކުޑަކުރުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން މިހާރުވެސް މަސައްކަތް ފަށާފައިވާ ކަމަށެވެ.

އަދި މޫސުން ގޯސްވުމުގެ ސަބަބުން މުލަ ރޯދަ ދުވަހަށް ތައްޔާރު ވުމުގައި ވީހާ ވެސް ފަސޭހަ ގޮތަކަށް ރައްޔިތުންނަށް ކަންކަން އިންތިޒާމް ކުރުމަށް މަސައްކަތްކުރާނެ ކަމަށް ވެސް އޭނަ ވިދާޅުވި އެވެ.

އެކަމަކު އެ އިންތިޒާމުތަކުގެ ތަފްސީލު ހީނާ ނުދެއްވަ އެވެ.

މޫސުން ގޯސްވެ ބައެއް ސަރަހައް ތަކަށް މިއަދު ރީނދޫ އެލާޓް ނެރެފައިވެ އެވެ. އެގޮތުން ހަވީރު 4:00 އިން މިރޭ 8:00 އަށް ޅ. އަތޮޅުން މ. އަތޮޅަށް ބޯކޮށް ވާރޭ ވެހުމާއެކު މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވެފަ އެވެ.

މީގެ އިތުރުން ތ. އަތޮޅުން ފެށިގެބް އައްޑުއާ ހަމައަށް އޮތީ ވައިޓް އެލާޓް ވެސް ނެެފަ އެވެ.

ބޯކޮށް ވާރޭ ވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފެން ހިންދުމުގައި އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިޔު ސާވިސްގެ ސިފައިން އަންނަނީ މިހާރު ވެސް މާލޭގެ ހަތަރު ސަރަހައްދެއްގައި ހަރަކާތްތެރިވަމުންނެވެ.