ބޭންކް އޮފް މޯލްޑިވްސްގެ "ރަން ފުރުސަތު" ރޯދަ ޕްރޮމޯޝަނާ ވީބީ، ލޮޓަސް އަދި ފަހި ޕްލާޒާ ގުޅިއްޖެ އެވެ.
ރޯދައަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި މި ފިހާރަތަކުން ބީއެމްއެލް ކާޑުން ވިޔަފާރިކޮށްގެން ކޮންމެ ދުވަހަކުވެސް ހާއްސަ އިނާމެއް ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ.
ބީއެމްއެލް އިން ބުނީ އަންނަ މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި ކޮންމެ ދުވަހަކު 2،000 ރުފިޔާގެ ބީއެމްއެލް ގިފްޓް ކާޑެއް ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. މި ފިހާރަތަކުން 300 ރުފިޔާއަށް ވުރެ މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.
"ރަން ފުރުސަތު" ޕްރޮމޯޝަނުގައި ރެޑްވޭވް އަދި އެސްޓީއޯގެ ފިހާރަތައްވެސް ހިމެނެ އެވެ.