މި ރޯދަ މަހަށް ހާއްސަކޮށްގެން އައްޑޫ ހިތަދޫ ނޫރުލް އިސްލާމް ޖަމިއްޔާ އިން ކުޑަކުދިންނަށް ހާއްސަކޮށްގެން ދީނީ ސުވާލު މުބާރާތެއް ފަށައިފި އެވެ.
މުބާރާތް ހާއްސަކޮށްފައި ވަނީ އުމުރުން 8-13 އަހަރާ ދެމެދުގެ އައްޑޫގެ ކުދިންނަށެވެ. ކޮންމެ ދުވަހަކު ވެސް ސުވާލެއް ގެނެސްދޭ މި ސުވާލު މުބާރާތް ކުރިއަށް ގެންދަނީ "ނޫރުލް އިސްލާމް ސިޔަރަތު ސުވާލު މުބާރާތް 1446" ގެ ނަމުގަ އެވެ.
މުބާރާތުގައި ކޮންމެ ދުވަހަކު ގެނެސްދޭ ސުވާލުތަކަށް ޖަބާވު ފޮނުވޭނީ ހެނދުނު 10:00 އިން ހަވީރު 4:00 އަށެވެ. މުބާރާތުގައި ގެނެސްދޭ ސުވާލުތައް ކޮންމެ ދުވަހަކު ވެސް ޕޯސްޓް ކުރާނީ ނޫރުލް އިސްލާމްގެ ފޭސްބުކް ޕޭޖްގަ އެވެ.
އެގޮތުން މިއަދުގެ ސުވާލު މިހާރު ވަނީ ގެނެސްދީފަ އެވެ.
ނޫރުލް އިސްލާމުން ބުނީ މުބާރާތުގެ ގަދަ ތިނެއް ހޮވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.