Last Updated: April 1, 23:32
Tuesday, April 1, 2025
ޚަބަރު

ޝަހީމާއި ދަރިކަލުން އިމާމުވެ ތަރާވީސް ކުރަނީ

މި ރޯދަ މަހު ހުޅުމާލޭގެ ރަޝީދު މިސްކިތުގައި އިމާމުވެ ތަރާވީހު ނަމާދާއި ދަމު ނަމާދު އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ދަރިކަލުން އިލްޔަސައު މުހައްމަދު ޝަހީމް ކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުނެފި އެވެ.

މިދިޔަ އަހަރު ވެސް ރަޝީދު މިސްކިތުގައި ދަމުނަމާދު ކުރެއްވީ ޝަހީމެވެ.

ޝަހީމާއި 13 އަހަރުގެ ދަރިކަލުން ރަޝީދު މިސްކިތުގައި އިމާމުވެ ތަރާވީހާއ ދަމު ނަމާދު ކުރައްވާ ގޮތަށް ހަމަޖެހުނު އިތު، އިލްޔަސައު އަކީ ބައްޕަ ޝަހީމް ފަދަ އިން ރީތިކޮށް ޤުރުއާން ކިޔަވާ ކުއްޖެކެވެ.

މި އަހަރުގެ މާލެ ސަރަަހައްދުގެ ބޮޑެތި ގިނަ މިސްކިތްތަކުގައި އިމާމުގެ ތަރާހީސް ކުރަން ހަމަޖެހިފައި ވަރަށް ޒުވާން ބޭފުޅުންކަން ފާހަގަކޮށްލެވެ އެވެ.