Last Updated: April 20, 11:51
Sunday, April 20, 2025
ޚަބަރު

ރޭމް ދުނިޔޭގެ ފެޑެރޭޝަންގެ މެންބަރަކަށް

ރޭސިން އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (ރޭމް) އަށް އޮޓޯ މޮބައިލް ފެޑެރޭޝަންގެ މެންބަރުކަން ލިބިއްޖެއެވެ.

އެ ޖަމިއްޔާ އިން ބުނީ ދުނިޔޭގެ އެސޯސިއޭޝަންގެ މެންބަރުކަން އެ ޖަމިއްޔާ އަށް ލިބުނީ މިދިޔަ އަހަރުގެ ޑިސެމްބަރު 13 ގައި ރުވާންޑާގައި އޮތް އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އޮޓޯ-މޮބައިލް (އެފްއައިއޭ) ގެ އަހަރީ އާންމު ޖަލްސާގައި ނެގި ވޯޓަކުން ކަމަށެވެ.

މިކަމާ ގުޅިގެން ރޭމްގެ ރައީސް މުހައްމަދު ޝާމިލް ވިދާޅުވީ އެފްއައިއޭގެ މެންބަރަށް ރާއްޖެވުމަކީ ރާއްޖޭގެ މޮޓޯ ސްޕޯޓްސްގެ ދާއިރާ ކުރިއަރުވާ ތަރައްގީ ކުރުމަށް، ހުޅުވުނު އާ ދޮރެއް ކަމަށެވެ.

އެގޮތުން އެފްއައިއޭގެ މެންބަރުކަން ލިބުމުން ރޭމް އަށް ކުރިން ނުލިބޭ ވަސީލަތްތަކުގެ މުއްސަނދިކަމާއި، ތަޖުރިބާ އާއި ބައިނަލްއަގްވާމީ ރިކޮގްނިޝަން ލިބިގެންދާނެ ކަމަށް ބުންޏެވެ. މީގެ ތެރޭގައި ރައްކާތެރިކަން އިތުރު ކުރުމަށް، ބައިނަލްއަގްވާމީ ރައްކާތެރިކަމުގެ މިންގަނޑާއި، އެންމެ ރަނގަޅު އުސޫލުތަކާއި އެއްގޮތަށް ރާއްޖޭގައި ބާއްވާ މޮޓޯ ސްޕޯޓްސް އިވެންޓްތަކުގައި ބައިވެރިވާ މީހުންނަށް އެންމެ ފުރިހަމައަށް ރައްކާތެރިކަން ވެސް ފޯރުކޮށް ދޭނެ އެވެ.

ޝާމިލް ވިދާޅުވ އެފްއައިއޭގެ ޑިވެލޮޕްމެންޓް ޕްރޮގްރާމުތަކުގައި ބައިވެރިވުމުގެ ފުރުސަތު ވެސް ރޭމް އަށް ދެން ލިބޭނެ ކަމަށާއި ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ވެސް ފަހިވެގެން ދާނެ ކަމަށެވެ.