Last Updated: April 19, 23:09
Saturday, April 19, 2025
މުނިފޫހިފިލުވުން

ގޯވިންދާއާ ވަރިވާކަށް ނޫޅެން: ސުނީތާ

ތިރީސް ހަތް އަހަރުވީ ކައިވެނި ރޫޅައިލަން ނޫޅޭ ކަމަށް ބޮލީވުޑްގެ އެކްޓަރު ގޯވިންދާގެ އަންހެނުން ސުނީތާ އަހޫޖާ ބުނެފި އެވެ.

އެ ދެ މީހުންގެ ކައިވެނި ރޫޅައިލަން އުޅޭ ވާހަތަކެއް މީޑިއާތަކުގައި ވަރަށް ގަދައަށް މިހާރު ދެކެވެމުން ދަނިކޮށް ސުނީތާ ބުނީ އޭގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ. އަދި އޭނަ އާއި ގޯވިންދާ ދެމެދު ކުދިކުދި މައްސަލަތަކެއް ހުއްޓަސް ދެ މީހުން ވަރިވާނެ ދުވަހެއް ނާންނާނެ ކަމަށް ވެސް ބުންޏެވެ.

"ބަޔަކު އެކަމަށް ކިތަންމެ އުންމީދެއް ،ކުރިޔަސް އަހަންނާއި ގޯވިންދާ ވަކި ކުރެވޭނެ އެއްވެސް ބާރެއް ނޯންނާނެ." ސުނީތާ ބުންޏެވެ.

ދާދި ފަހުން މީޑިއާތަކުގައި ރިޕޯޓްކުރި ގޮތުގައި ގޯވިންދާ ގާތުން ވަރިވާން ނިންމީ 61 އަހަރުގެ އެކްޓަރު ކައިވެނިން ބޭރުން 30 އަހަރުގެ މީހަކާ ލޯބީގެ ގުޅުމެއް ހިންގާތީ އެވެ. ނަމަވެސް އެފަދަ އެއްވެސް ނެތް ކަމަށް ވެސް ސުނީތާ ބުންޏެވެ.

ބޮލީވުޑްގައި 90 ގެ އަހަރުތަކުގައި އެންމެ ވިދި އެކްޓަރުންގެ ތެރޭގައި ހިމެނޭ ގޯވިންދާ އާއި ސުނީތާ ކައިވެނިކުރީ 1987 ގަ އެވެ. އެ ކައިވެންޏެއް ދެ ކުދިން ލިބިފައިވެ އެވެ. އެއީ ޓީނާ އަހޫޖާ، 36، އާއި ހާޝްވަރްދަން އަހޫޖާ، 28، އެވެ.

މި ފަހުން ވަރަން ޕޮޑްކާސްޓް ޝޯތަކަށް ދިން އިންޓަވިއުއެއްތަކުގައި ގޯވިންދާ އަށް "ކުޑައިމީސްވާ ގޮތަށް" ސުނީތާ ވާހަކަ ދައްކާފައިވެ އެވެ. އަދި އެ ދެ މީހުން ވަކިން އުޅޭ ކަމަށް ވެސް ބުނެފައިވެ އެވެ. އެކަމާ ގުޅިގެން ސުނީތާ ބުނީ ދެމަފިރިން ދެ ތަނެއްގައި އުޅެނީ ގޯވިންދާ ސިޔާސީ މަސައްކަތަށް ނުކުތުމުން ބައްދަލު ކުރަން ގެއަށްދާ މީހުން އިތުރުވެ، އަންހެން ދަރިފުޅުގެ ޕްރައިވެސީ އަށް އެކަމުން އަސަރު ކުރާތީ ކަމަށެެވެ.

އެހެންވެ ދެމަފިރިން ވަކިން އުޅޭ ހަމައެކަނި ސަބަބަކީ އެއީ ކަމަށް ސުނީތާ ބުންޏެވެ،