Last Updated: April 11, 11:14
Friday, April 11, 2025
ޚަބަރު

އެސްޓީއޯއިން ފިޔާ، އަލުވި އަދި ބިސް ވިއްކާ އަގަށް ބަދަލެއް

ބާޒާރުމަތި - ފޮޓޯ: އަވަސް

އެސްޓީއޯ އިން ފިޔާ، ބިސް އަދި އަލުވި ވިއްކާ އަގުތަކަށް ބަދަލު ގެނެސްފި އެވެ.

އެސްޓީއޯ އިން އިމްޕޯޓްކުރާ މައިގަނޑު ތަކެތީގެ ތެރޭގައި ފިޔާ، ބިސް އަދި އަލުވި ހިމެނެއެވެ. އެތަކެތި އިމްޕޯޓްކުރުމުގެ މައިގަނޑު ބޭނުމަކީ ރޯދަމަހު އެ ތަކެތީގެ އަގު އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމެވެ.

ރަމަޟާން މަހަކީ ކާބޯތަކެއްޗަށް ޑިމާންޑް އިތުރުވާ މޫސުމަކަށްވާތީ، އެފަދަ އަސާސީ ތަކެތި އެކަށޭނަ އަގެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ އެސްޓީއޯ އިން އަބަދުވެސް ގެންގުޅޭ އަމާޒެކެވެ. އަދި އެތަކެތީގެ އަގު ކަނޑައަޅާފައި ވަނީ ބާޒާރުގެ އަގުތަކަށް ރިއާޔަތްކޮށްގެންނެވެ. އަދި ބާޒާރުގެ އަގުތަކަށް އަންނަ ބަދަލާއި ގުޅިގެން އެސްޓީއޯ އިން ވިއްކާއަގަށްވެސް ބަދަލު ގެނެވޭނެ އެވެ.

ފިޔާ، އަލުވި، އަދި ބިސް ވިއްކާއަގަށް ގެނެސްފައިވާ ބަދަލުތައް:

ފިޔާ: ބަސްތާއެއް 335 ރުފިޔާއަށް، އަދި ކިލޯއެއް 14 ރުފިޔާއަށް

ބިސް: ކޭހެއް 350 ރުފިޔާއަށް، އަދި ވަކިން 2 ރުފިޔާއަށް

އަލުވި: ބަސްތާއެއް 515 ރުފިޔާއަށް، އަދި ކިލޯއެއް 25 ރުފިޔާއަށް

އެސްޓީއޯ އިން މިއަދު ވަނީ ބާޒާރަށް ތާޒާ ލޮނުމެދު ވެސް މިހާރު ނެރެފަ އެވެ. ލޮނުމެދު މިވަގުތު ވިއްކަން ހަމަޖެހިފައިވަނީ 45 ރުފިޔާއަށް ކިލޯއަށެވެ. ލޮނުމެދު ލިބެންހުންނާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިންނެވެ.