ބޮލީވުޑްގެ ތަރި، ސައިފް އަލީ ޚާންގެ ދޮށީ ފޮރިހެން ދަރިފުޅު އިބްރާހީމް އަލީ ޚާން (އިގީ) ގެ ފުރަތަމަ ފިލްމު "ނާދާނިޔާން" ގެ ރަސްމީ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.
މި ފިލްމަކީ ސިނަމާތަކުގެ ބަދަލުގައި ނެޓްފްލިކްސް އިން މި މަހުގެ 7 ގައި ޕްރީމިއާކުރަން ހަމަޖެހިފައިވާ ރޮމޭންޓިކް ކޮމެޑީއެކެވެ. "ނާދާނިޔާން" އަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ވެބް ކޮންޓެންޓް ގޮފި، ދަރުމެޓިކް އެންޓަައިންމަންޓަށް އާ ޑައިރެކްޓަރު ޝައުނާ ގޯތަމް ހަދާފައިވާ ފިލްމެކެވެ.
ކުރީގެ ބަތަލާ ސްރީދޭވީގެ ހަގު ދަރިފުޅު، ހުޝީ ކަޕޫރް ބަތަލާގެ ރޯލު ކުޅެފައިވާ ފިލްމުގެ ކާސްޓްގައި ސުނިލް ޝެޓީ، މަހީމާ ޗައުދަރީ، ޖުގާލް ހަންސްރާޖް އަދި ދިއާ މިރުޒާ ވެސް ހިމެނެ އެވެ.
"ނާދާނިޔާން" އަންނަ މަހު ބެލުންތެރިންނަށް ދޫކޮޮށްލާ އިރު، ދަރުމާގެ އިތުރު ފިލްމެއް ވެސް އިގީ އޮތީ ނިންމައިފަ އެވެ. އެއީ ކާސްޓްގައި ކާޖޮލް އާއި ޕްރިތުވީރާޖް ސުކްމަރަން ވެސް ހިމެނޭ "ސަރްޒަމީން" އެވެ. އޭގެ ޑައިރެކްޓަރަކީ އެކްޓަރު ބޮމަން އިރާނީގެ ދަރިފުޅު ކެޔޯޒް އިރާނީ އެވެ.
"ސަރުޒަމީން" އަކީ ބަތަލާ ސާރާ އަލީ ޚާންގެ އެއްބަނޑު އެއްބަފާ ކޮއްކޮ، އިގީ އެންމެ ފުރަތަމަ ކުޅުނު ފިލްމު ވެސް މެ އެވެ.