Last Updated: April 9, 22:41
Wednesday, April 9, 2025
ޚަބަރު

މޫސުން ގޯސްވެ އޮރެންޖް އެލާޓް ނެރެފި

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މެދުރާއްޖޭގެ ބައެއް އަތޮޅުތަކަށް އޮރެންޖު އެލާޓު ނެރެފި އެވެ.

މެޓް އޮފީހުން މި އެލާޓް ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ހަމައަށް ހެނދުނު 7 ޖެހުމާ ހަމައަށެވެ.

އެލާޓް ނެރެފައިވާ ވަގުތުގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ފެންބޮޑުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ބޯކޮށް ވާރޭވެހުމާ ގުޅިގެން ވެރިރަށް މާލޭ ސިޓީގެ މަގުތަކުގައި މިހާރު ވަނީ ފެންބޮޑުވެފަ އެވެ. ފެން ހިއްކުމުގެ މަަސައްކަތާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް އެމްއެންޑީއެފުން މިހާރު އަންނަނީ ކުރަމުންނެވެ.