ރޯދަ މަހަށް ހާއްސަކޮށްގެން "ފިތުރަތް: އެކޯސް އޮފް ފެއިތު" ގެ ނަމުގައި މަހަދަ އަލްބަމެއް ނެރެފި އެވެ.
ރޯދަ މަހުގެ އެކި ދުވަސްތަކުގައި އަލްބަމްގެ އެކި މަހަދަތައް ޔޫޓިއުބާއި ސައުންޑްކްލައުޑްގައި އާންމު ކުރަން ނިންމާފައި އިރު، މީގެ ފުރަތަމަ ދެ މަހަދަ މިހާރު ވަނީ އާންމުކޮށްފަ އެވެ. އެއީ އަހުމަދު އިޝާޔް ކިޔާފައިވާ "ލައުހާއި ފިތުރަތް" އާއި ޝާން ޝަރީފު ކިޔާފައިވާ "މާތް ރަސޫލާ" އެވެ.
"ފިތުރަތް" މަދަހަ އަލްބަމަކީ ރާއްޖޭގެ މަޝްހޫރު ބޮޑުބެރު ގްރޫޕެއް ކަމަށްވާ ހޭރިޔާގެ އުފެއްދުމެކެވެ.