Last Updated: April 20, 17:58
Sunday, April 20, 2025
ޚަބަރު

މާލޭގެ 4 ގެއަކުން 40 މީހަކަށް ވަގުތީ ބޯހިޔާވަހިކަން

ރެއާއި އިއްޔެ ކުރި ވިއްސާރައިގައި މާލޭގައި ފެންބޮޑުވެ، ގެތަކުން ނަޖިސް ބޭރުވުމާ ގުޅިގެން ހަތަރު ގެއަކުން 40 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށް ދީފި އެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ މާލޭގެ އިތުރުން އަތޮޅުތެރޭގެ ބައެއް ރަށްތަކުގައި ވެސް އިއްޔެ ފެންބޮޑުވެފައިާ ކަމަށެވެ. އެގޮތުން މާލެ އަތޮޅު ހިންމަފުއްޓާއި ހުރާ އަދި ގުރައިދު އަށް އިއްޔެ ވަރަށް ބޯކޮށް ވާރޭވެހުނެވެ،

ތުލުސްދޫގައި ބޯކޮށް ވާރޭވެހި ފެންބޮޑުވެ ބައެއް ގެތަކުން ނަޖިސް ލީކުވެގެން ރިޕޯޓްކޮށްފައިވާ ކަމަށް ވެސް އެންޑީއެމްއޭ އިން ބުންޏެވެ.

މޫސުން އަލިވާނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ލަފާކޮށްފައި ވަނީ މާދަމާ އެވެ. މިއަދު ވެސް ބައެެއް ހިސާބުތަކަށް ބޯކޮށް ވާރޭ ވެހޭނެތީ ޔެލޯ އެލާޓް ނެރެފައިވެ އެވެ.

އެންޑީއެމްއޭއިން ބުނީ މިއަދު ވެސް މޫސުން ގޯސްވާނެތީ އެ އޮތޯރިޓީން އެކަމަށް ތައްޔާރުވެފައިވާ ކަމަށާއި ވިއްސާރައިގެ ގެއްލުންތަކުގެ "ތްރެޓް އެސެސްމަންޓެއް" ހަދާނީ މާދަމާ ކަމަށެވެ.