Last Updated: April 20, 11:51
Sunday, April 20, 2025
ޚަބަރު

މަގުތަކުން ފެން ހިންދައި މާލެ އާންމު ހާލަތަށް ގެނެސްފި

ބޯކޮށް ވާރޭ ވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވުމ ގުޅިގެން ފެން ހިއްކައި އާންމު ހާލަތަކަށް ގެނެސްފު އެވެ.

އެމްއެންޑީއެފުން ބުނީ 16911 ޓަނުގެ ފެން ބޭރުކޮށްފައިވާ ކަމަށެވެ.

ފާއިތުވި ދެ ދުވަހު ވެސް މާލެއަށް ބޯކޮށް ވާރޭ ވެހި ރެއިން ފެށިގެން މެދުކެނޑެމެއްނެތި މާލެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހި އެކި ސަރަހައްދުތަކުގައި ވަރަށް ބޮޑަށް ފެން ބޮޑުވި އެވެ. އަދި ހަތަރު ގެއަކުން ނަޖިސް ބޭރުވުމާ ގުޅިގެން އެ ގެތަކުން 40 މީހަކު ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައިވެ އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ފެން ހިންދުމަށް މާލޭގެ ފަސް ސަރަހައްދެއްގައި 13 ޕަންޕު ބަހައްޓައިގެން ސިފައިން މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި މި އޮޕަރޭޝަންގައި 131 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީ، 976 ވެލި ބަސްތާ ޖަހައި ދިނެވެ.

މާލޭގެ އިތުރުން ކ. އަތޮޅުގެ ބައެއް ރަށްތަކަށް ވެސް ބޯކޮށް ވާރޭ ވެހި ފެންބޮޑުވި އެވެ. އޭގެ ތެރޭގައި ގުރައިދޫ، ހުރާ، ހިންމަފުށި، ތުލުސްދޫ އަދި ދިއްފުށީ ހިމެނެ އެވެ. އެ ރަށްތަކުގައި ވެސް ފެން ހިންދުމުގައ ސިފައިން ހަރަކާތްތެރިވެފައިވެ އެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭގައި އެންމެ ބޯކޮށް ވާރޭ ވެހުނީ ދިއްފުއްޓަށެވެ. އެއީ އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނުގެ 8:00 އާ ހަމައަށް 296.1 މިލިމީޓަރުގެ ވާރެ އެވެ.