Last Updated: April 20, 11:51
Sunday, April 20, 2025
ޚަބަރު

ލޯންޗެއް ދިޔަވެ މީހުން އޮޔާދަނިކޮށް ސަލާމަތްކޮށްފި

ޖުމްލަ 48 މީހުންނާ އެކު ލޯންޗެއް ދިޔަވެ ކަނޑުވެފައި ވަނިކޮށް ސަލާމަތްކޮށްފި އެވެ.

ފުލުހުން ބުނީ ބުނީ މިއަދު ހެނދުނު ދިގުރަށުން މާލެއަށް ދަތުރު ކުރި ލޯންޗެއް ދިޔަވެ، އޭގެން ދަތުރުކުރި 45 ފަސިންޖަރުންނާޢި ތިން ފާޅުވެރިން ކަނޑުވެ އޮޔާ ދަނިކޮށް ފުލުހުން އެ މީހުން ސަލާމަތްކޮށްފައިވާ ކަމަށެވެ.

ދިޔަވެފައި ވަނީ "ހުވަން" ކިޔާ ލޯންޗެއް ކަމަށާއި އޭގެން ދަތުރުކުރި ހުރިހާ އެންމެން ވެސް ސަލާމަތްކޮށްފައިވެ އެވެ. ކޮށްފައިވާ އޭގެ ތެރޭގައި ހަތަރު ކުޑަ ކުދިން ވެސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

އެ ހުރިހާ އެންމެން ވެސް މިހާރު ދިގުރަށަށް ގެންގޮސްފައިވާ ކަމަށާއި ހުރިހާ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.