Last Updated: April 19, 23:09
Saturday, April 19, 2025
ޚަބަރު

ކަތިވަޅިއެއް ހިފައިގެން ފިހާރައަކަށް ވަނުމުން ޖަލަށް

ހދ. ކުޅުދުއްފުށީ ފިހާރައަކަށް ކަތިވަޅިއެއް ހިފައިގެން ވަން ވަތް މީހަކު އެއް އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.

އެ ހުކުމް އިއްވީ ކުޅުދުއްފުށީ، ކަނޑޫމާގެ އިބްރާހީމް ހަސަންގެ މައްޗަށެވެ.

އޭނަގެ މައްޗަށް ދައުލަތުން ދައުވާކުތީ މަގުބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ކުށެގެ ދައުވާ އެވެ. އެ ހާދިސާ ހިނގީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު 19 ވަނަ ދުވަހު، ހެނދުނު 07:12 އެހާކަށްހާ އިރު، އެވެ. އެގޮތުން ކުޅުދުއްފުށި "ފެހިދޫލަ 1" ފިހާރައަށް އިބްރާހީމް ވަނީ ތިލައިގައި ފޫޓެއް ހުރި ކަތިވަޅިއެއް ހިފައިގެންނެވެ.

މި މައްސަލައިގައި ދައުލަތުން، ޝަރީއަތުގައި ދައުވާ ކިޔައިދިނުމަށް ފަހު، ދައުވާއަށް ޖަވާބުދާރީވުމަށް ދެވުނު ފުރުސަތުގައި ދައުލަތުގެ ދައުވާ ސާފުވެއްޖެ ކަމަށާއި ދައުވާއަށް ޖަވާބުދާރީވާން ބޭނުން ވަނީ ވަކީލަކާ ނުލައި އަމިއްލައަށް ކަމަށް ބުނެ އޭބަ ދައުވާއަށް އިންކާރުކޮށްފައިވެ އެވެ.

އިބްރާހީމް ދައުވާއަށް އިންކާރުކުރުމުން ދައުލަތުން މި މައްސަލަ ސާބިތުކުރުމަށް ހުރި ހެކި ހާމަކޮށްފައިވެ އެވެ. އެގޮތުން ޝަފަހީ ތިން ހެއްކަކާއި ކިތާބީ ހެކީގެ ގޮތުގައި ފަސް ހެއްކެއް ދައުލަތުން ހުށަހަޅާފައިވެ އެވެ. ދައުލަތުން ހެކި ހާމަކުރުމުން ދިފާއުގައި ހުރި ހެކި ހާމަކުރުމަށް އިބްރާހީމަށް ފުރުސަތު ދިނުމުން، އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެ އެވެ. ދައުލަތުން ހުށަހެޅި ހެކީގެ އަލީގައި މައްސަލަ ސާބިތުވާކަމަށް ޝަރީއަތުން ކަނޑައަޅައި، އަދަބާ މެދު ވާހަކަ ދައްކަން ދިން ފުރުސަތުގައި ވެސް އޭނަ އެއްވެސް ވާހަކައެއް ދައްކާފައި ނުވާކަން މައްސަލަ ނިމުނު ގޮތުގެ ރިޕޯޓްގައިވެ އެވެ. އެނގެ އެވެ.

އިބްރާހީމްގެ ކުށުގެ ރެކޯޑްތަކެއް ކުރިން ވެސް އޮތުމާއެކު، ކުށުގެ ބާވަތަށް ބަލައި ކަތިވަޅިއެއް ހިފައިގެން ފިހާރަށް ވަން މައްސަލައިގައި ދެވޭނެ އެންމެ ބޮޑު އަދަބެއް ކަނޑައަޅައި ދިނުމަށް ދައުލަތުން އެދިފައިވެ އެވެ. އެގޮތުން އިއްވީ 12 މަސް ދުވަހުގެ ޖަލު ހުކުމެކެވެ.