އުރީދޫ މޯލްޑިވްސް އާއި ގަތަރު ޗެރިޓީ ގުޅިގެން ހުޅުމާލޭގެ މަސްޖިދުލް ޝައިހް ގާސިމް ބިން އަލްސާނީ (ހުޅުމާލެ ގްރޭންޑް މިސްކިތް/ގުއްބު މިސްކިތް) އާބާތުރަ ފިލުވައި، އޭސީކުރުމަށް ފަހު ހުޅުވައިފި އެވެ.
މިސްކިތް ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ގަތަރު ޗެރިޓީގެ ސީއީއޯ އެސިސްޓަންޓް ފޯ ޕްރޮގްރާމްސް އެންޑް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ސެކްޓާ ފައިސަލް ރާޝިދު އަލް ފަހެއިދާ، އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް ހަމާދީ އަދި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ބައިވެރިވެވަޑައިގަތެވެ.
އުރީދޫގެ ސީއީއޯ ހާލިދު ވިދާޅުވީ އެ ކުންފުންޏަކީ މުޖުތަމައުއަށް ފައިދާވާ ފަދަ ކަންކަން ކުރުމަށް ވެސް އިސްކަން ދޭ ކުންފުންޏެއް ކަމަށެވެ.
ގަތަރު ޗެރިޓީގެ ސީއީއޯ އެސިސްޓެންޓް ފޯ ޕްރޮގްރާމްސް އެންޑް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ސެކްޓާ ފައިސަލް ރަޝީދު އަލްފެހައިދާ ވިދާޅުވީ ގަތަރު ޗެރިޓީގެ އަމާޒަކީ ދުނިޔޭގެ ކޮންމެ ހިސާބެއްގައި ނަމަވެސް މުޖުތަމައުތަކަށް ރަނގަޅު ފުރުސަތުތައް ފަހިކޮށް ދިނުން ކަމަށެވެ.
ހުޅުމާލޭގައި އެންމެ ފުރަތަމަ ބިނާކުރި ބޮޑު ކިސްކިތް ކަމަށްވާ ގްރޭންޑް މިސްކުތަކީ ޖުމްލަ 1،800 އަށް ވުރެ ގިނަ މީހުންގެ ޖާގައިގެ މިސްކިތެކެވެ. އެ މިސްކިތް އިމާރާތް ކުރީ 2006 ގަ އެވެ.
މި މިސްކިތުގެ އާބާތުރަ ފިލުވައި އޭސީކޮށް އަލުން ހުޅުވުމާ އެއްބަސްވުމެއްގައި ކުރީ މިދިޔަ ޖެނުއަރީ މަހުގެ 7 ގަ އެވެ.