Last Updated: April 20, 11:51
Sunday, April 20, 2025
ޚަބަރު

ރޭސް ކާރަކާއި ބައިސްކަލެއް އެކްސިޑެންޓްވެއްޖެ

ގއ. ވިލިނގިލީގައި ރޭސިން ކާރަކާ ބައިސްކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓް ހިނގާފައި ވަނީ އިއްޔެ ހަވރު އިއްޔެ 5:30 އެކާށްހާއިރު ވިލިނގިލީ އަލިކަތީބު މަގު އިރުން ހުޅަނގަަށް ދުއްވާފައި ދިޔަ ކާރެއް، އޯކިޑުމަގުން އުތުރުން ދެކުނަށް ދިޔަ ބައިސްކަލަކާ ޖެހިގެން ކަމަށެވެ.

އެ އެކްސިޑެންޓުގައި ކާރާއި ބައިސްކަލު ދުއްވި ދެ މީހުންނަށް ވެސް އަނިޔާވެގެން ގއ. ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ. ނަމަވެސް އެ މީހުންނަށް ލިބުނު ގެއްލުމުގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެ އެެވެ.

ފުލުހުން ބުނީ އެކްސިޑެންޓް ހިނގަން މެދުވެރިވީ ކާރު އޯވަޓޭކް ކުރަން އުޅުމުން ކަމަށާއި އެ ދުއްވަން އިން މީހާގެ އަތުގައި ލައިސަންސް ވެސް ނެތް ކަމަށެވެ.

މި އެކްސިޑެންޓްގެ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އާންމުވެފައިވެ އެވެ.