ލ. ފޮނަދު އަށް އަލުން ފެނުގެ ހިދުމަތް ދޭން ފަށައިފި އެވެ.
ފެނަކަ އިން މިއަދު ބުނީ މައްސަލަ ޙައްލުކޮށް ފެނުގެ ޚިދުމަތް މިހާރު ވަނީ އިޢާދަ ކުރެވިފައިވާ ކަމަށެވެ. އެ ކުންފުނިން ވަނީ މިކަމަށް ވެ ދިން އެހީތެރިކަމަށް ގައުމީ އެއާލައިން މޯލްޑިވިއަނަށް ޝުކުރު ވެސް އަދާކޮށްފަ އެވެ.
ފޮނަދޫން ފެނުގެ ހިދުމަތް ކެނޑުނީ އިއްޔެ ހަވީރު އެވެ. އެކަމާ ގުޅިގެން ފެނަކަ އިން ބުނީ އެ ރަށުން ހިދުމަތް ކެނޑުނީ ފެނުގެ ޚިދުމަތް ފޯރުކޮށް ދިނުމަށް ބޭނުން ކުރަމުން އަންނަ ފެން ޕްލާންޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ.
އެހެންވެ މައްސަލަ ހައްލު ކުރަން ބޭނުންވާ ތަކެތި އެ ރަށަށް މާލެ އިން ރޭ ގެންދިޔައީ މޯލްޑިވިއަންގެ އެހީތެރިކަމާ އެކީގަ އެވެ.